ads
މޫންލައިޓް ނޫހުގެ 4 އޮގަސްޓް 1972
ތާރީޚުން މިއަދު: ކެނެރީ އަބްދުއްސައްތާރާ އުއްޗު ޖަލުން މިނިވަންވި
4 އޮގަސްޓް 1972 ވަރަށް ގިނަ ކުށްވެރިންނަށް މާފު ދެއްވަން ރައީސް ނިންމެވިކަން އިއުލާން ކުރެއްވިއެވެ. އޭގެ ތެރޭގައި ކޮލި ހަސަން މަނިކާ، މިނާގޭ ކުޑަތުއްތު އަދި ޗަމްޕާ މުހައްމަދު މޫސާ އަދި ކެނެރީ އަބްދުއްސައްތާރު ހިމެނެއެވެ.

4 އޮގަސްޓް 1987 

ހުޅުލޭ ފަރަށް ޖަރުމަނުވިލާތުގެ ބޯޓެއް ފަރަށް އެރީ 4 އޮގަސްޓް 2007 ގައެވެ. މިއީ މައިގަނޑު ގޮތެއްގައި ކޮންސްޓްރަކްޝަން ސާމާނު ހިފައިގެން ދަތުރުކުރި ބޯޓެކެވެ.

4 އޮގަސްޓް 2007

ސަރައްހަދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް މާލޭގައި ބޭއްވިދާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑީވްސްއިން ބުނީ 4 އޮގަސްޓް 2007 ގައެވެ، އެހެންވިދާޅުވީ އޭރުގެ އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ އިބްރާހީމް އިސްމާއީލްއެވެ.

4 އޮގަސްޓް 2008

ފުވައްމުލަކު ގޮނޑު ދޮށުން އާނު ގަނޑުގެ ބޮޑު ބައެއް ކަނޑައިގެން ގަސް ރަށާ ވަކިވީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވީ 4 އޮގަސްޓް 2008 ގައެވެ. މިއީ ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައަޅާފައިވާ ސައްތައިން ސައްތަ ސަރުކާރު ކުންފުންޏެކެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑު އުފެއްދެވުމާއި އެކު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ބަދަލުވިކަން ސަރުކާރުން އިއުލާން ކުރެއްވިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖޭން ކުރިމަތިލާން ސާކުން ނިންމީވެސް 4 އޮގަސްޓް 2008 ގައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް