ads
ގާޒީ ސްކޫލް..
އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނަނީ ގާޒީ ސްކޫލުގެ ޓީޗަރެއް ނޫން
ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރު އާއެކު އިތުރު ދެފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއާއި ފޮޓޯގައި ފެންނަނީ ގާޒީ ސްކޫލުގެ ޓީޗަރެއް ނޫން ކަމަށް އެ ސްކޫލުން ބުނެފި އެވެ.
Advertisement

ދައުރުވަމުންދާ ވީޑިއޯއާއި ގުޅިގެން ސޯޝަލް މީޑިޔާގައި ވަރަށް ގިނަ ފަރާތްތަކުން ބުނެފައިވަނީ ވީޑިއޯއިން ފެންނަނީ އަލަމްގިރު އާއެކު ދެ ދިވެހިން ކަމަށާއި، އެމަންޒަރުތަކުން ފެންނަ އެކަކީ ގާޒީ ސްކޫލުގެ ޓީޗަރެއް ކަމަށެވެ. 

ގާޒީ ސްކޫލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގަިއ ބުނެފައިވަނީ ސޯޝަލް މީޑިޔާގައި "އެމްވީ ކްރައިސަސް" އިން އާންމުކޮށްފައިވާ ވީޑިއޯގައި އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެފައިވާ ފަރާތަކީ އެއްވެސް އިރެއްގައި އެސްކޫލުގެ ޓީޗަރެއްގެ ވަޒީފާގައި ހަރަކާތްތެރިބވެފައިވާ ފަރާތެއް ނޫން ކަމަށެވެ. 

އަދި މިފަދަ ސާބިތު ނުހިފޭ މައުލޫމާތު މީޑިޔާތަކުގައި ގެނެސްދިނުމަކީ އެ ސްކޫލުގެ އަގުވެއްޓޭނެ ފަދަ ކަމެެއް ކަމުގައި ދެކޭ ކަމަށެވެ. 

އަލަމްގިރު އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ އަޑުފެތުރިފައިވާ ލިސްޓުގައި 200 އަށްވުރެ ގިނަ ބަޔަކު އެބަތިބި އެވެ. 

ދާދި ފަހުން ވަނީ މި މައްސަލަ ތަކާއި ގުޅިގެން އަލަމްގިރު އާއެކު އިތުރު ތިން މީހަކުވެސް ހައްޔަރުކޮށްފަ އެވެ. 

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ގާނޫނީ ވަކީލް ނާޒިމް ސައްތާރު އާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި، ފުލުހުންގެ އޮފިސަރެކެވެ. 

އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުގެ ސައްހަ ކަން ކަށަވަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މީހަކާމެދު ތުހުމަތެއް ކުރެވުމުން އެކަން ވަރަށް ރަގަޅަށް ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން ވަކި ފަރުދަކަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވީޑިއޯތަކާއި، ފޮޓޯތައް ތަހުލީލުކޮށް، އޭގެ ސައްހަކަން ކަށަވަރު ކުރި ކަމަށެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް