އަހުމަދުފުޅުގެ ކުރީގެ ފޮޓޯއެއް: ފޮޓޯ-- މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް (ޓުވިޓާ)
ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ
Share
ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި، މއ. ހައިވަކަރުގޭ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވެއްޖެ އެވެ.
Advertisement

އުމުރުފުޅުން 89 އަހަރުގައި އަހުމަދުފުޅު އަވަހާރަވީ ދުވަސަތްކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. 

އަހުމަދުފުޅު ވަނީ، 58 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން 1953 ވަނަ އަހަރު އަހުމަދުފުޅު ސިފައިންގެއާއި ގުޅިވަޑައިގެންނެވި އެވެ. އަހުމަދުފުޅުކީ ސިފައިންގޭގައި އޭރު ދެމުން އައި އެންމެ މަތީ ރޭންކު ކަމަށްވާ ކެޕްޓަންގެ ރޭންކުގައި ހުންނެވި ބޭފުޅެކެވެ. އަހުމަދުފުޅު ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ 25 އަހަރު ސިފައިންގޭގައި ހޭދަކުރެއްވުމަށް ފަހު އެވެ. 

މީގެ އިތުރުން އަހުމަދުފުޅު ވަނީ، ޅ. އަތޮޅާއި މުލަކު އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފަ އެވެ. 

your imageހައިވަކަރު އަހުމަދުފުޅު: ފޮޓޯ--- މިހާރު 

އަހުމަފުޅުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ، މިއަދުގެ އަސުރު ނަމާދަށްފަހު މަސްޖިދު ތައާވުން (އާސަހަރާ މިސްކިތް) ގަ އެވެ.

އަހުމަދުފުޅު އަވަހާރަވިއިރު، އަނބިކަނބަލުންނާއި ދަރިން ދުނިޔޭގައި އެބަތިއްބެވެ. އަހުމަދުފުޅުގެ އަނބިކަނބަލުންނަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ހުށަހެޅުންތެރިޔާ ނަޖުމާ ހުސެއިނެވެ.

އަޙުމަދު ފުޅަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ގަވާއިދާ އެއްގޮތަށް، މުއައްޒިފުންނާއި ގުޅިވަޑައިގެން، ސަރުކާރުގެ ކަންތައްތައް ރަނގަޅުކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް އަރިހުގައި މަސައްކަތް ކުރެއްވި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް