ads
ތެޔޮ ސާފުކުރާ ކާރުހާނާއެއް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ހެޔޮ ބަދަލެއް
ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ކުރަން ފެށި ހަނގުރާމަ އާއި ގުޅިގެން އުފުލުނު ތެލުގެ އަގު ބޮޑުތަނުން ހެޔޮ ވެއްޖެ އެވެ.

ހަނގުރާމަ ފެށިގެން ދާދި ފަހަކާއި ޖެހެންދެން ތެޔޮ ފީފާއެއް ލިބެން ހުރީ، 100 ޑޮލަރާއި 120 ޑޮލަރާއި ދެމެދުގެ އަގެއްގަ އެވެ. އެހެން ނަމަވެސް ރޭގެ ވަގުތެއްގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ، 94.12 އެމެރިކާ ޑޮލަރަށް ތިރިވެފަ އެވެ.

އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގައި ތެޔޮ ފީފާއެއްގެ އަގު ވަނީ ރެއިން ފެށިގެން 88.54 ޑޮލަރަށް ތިރިވެފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވެފައި ވާއިރު، އަންނަ މަހުން ފެށިގެން ދުވާލަކު 100،000 ފީފާގެ ތެޔޮ އުފެއްދުމަށް، އޯޕެކުގެ ގައުމު ތަކުން ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ކުރިއަށް ހުރި ދުވަސްތަކުގައި ތެލުގެ އަގު އަދި ވަރަށް ބޮޑަށް ހެޔޮވެގެން ދާނެ އެވެ. 

ރަޝިއާއިން ފެށި ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ވަނީ ރަޝިއާއިން ތެޔޮ ގަތުން މަދު ކޮށްފަ އެވެ. އެކަމާއި ގުޅިގެން ގައުމުތަކަށް ބޭނުންވާ ވަރަށް ތެޔޮ ލިބުމުގައި ދަތިތަކެއްވެސް ދިމާވި އެވެ. 

އެހެން ނަމަވެސް ރަޝިއާއިން ވަނީ އެކަމުގެ ސަބަބުން އެގައުމަށް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ. 

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް