ads
2016 ވަނަ އަހަރު އޮތް އެއްވުމެއްގެ ތެރެއިން
ތާރީޚު: ދިވެހި އަންހެނުން ފުރަތަމަ ފަހަރަށް އޮފީސް ވަޒީފާއަށް
5 އޮގަސްޓް 1952 ދިވެހި އަންހެނުންނަށް އޮފީސްތަކަށް ވަޒީފާއަށް ނިކުމެ އުޅުމުގެ ހުއްދަ ލިބި އެންމެ ފުރަތަމަ ކާތިބާ އަކު ލެއްވުނީ 5 އޮގަސްޓް 1952 ގައި ކަމަށް ތާރީޚީ ފޮތްތަކުން ދައްކައެވެ.
Advertisement

5 އޮގަސްޓް 1983

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ވަފުދެއް ރާއްޖެއަށް ވަޑައިގެންނެވިއެވެ.

5 އޮގަސްޓް 2007

މަސައްކަތްތެރިންގެ މައުރަޒުން އެއްވަނަ ހޯދާ ފަރާތަކަށް ރައީސުލް ޖުމްހޫރިއްޔާ ފަސްދޮޅަސް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅުއްވީ 5 އޮގަސްޓް 2007 ގައެވެ.

ކުދި ބޯޓު ޖައްސާ އެއަރޕޯޓެއް އަރިއަތޮޅުގައި ހުޅުވުމަށް ވިލާ ކުންފުނިން ސަރުކާރަށް ހުށަހެޅީ 5 އޮގަސްޓް 2007 ގައެވެ. 

5 އޮގަސްޓް 2008

ފުލުހުންގެ ބިލް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވީ 5 އޮގަސްޓް 2008 ގައެވެ. އަދި އެ ގާނޫނުގެ ދަށުން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް، އާދަމް ޒާހިރު އައްޔަން ކުރެއްވީވެސް އެ ދުވަހުއެވެ.

ސޯޝަލް ހެލްތު އިންޝުއަރެސް ސްކީމްގައި ބައިވެރިވާ ކޮންމެ މީހަކަށް ސަރުކާރުން އެއް ލައްކަ ރުފިޔާއާ ހަމައަށް ހަރަދު ކުރާނެ ކަމަށް، ސޯޝަލް ސެކިއުރިޓީ މިނިސްޓްރީން ބުނީވެސް 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.

ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި، ހުސައިން ހިލްމީ މަގާމުން އިސްތިއުފާ ދެއްވީވެސް އެ ދުވަހުއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ފުވައްމުލަކަށް ގެންދިޔައީވެސް 5 އޮގަސްޓް 2008 ގައެވެ.

5 އޮގަސްޓް 2016

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން އިންތިޒާމް ކޮށްގެން އެމްޑީޕީ ހަރުގެ ކައިރީގައި ބޭއްވި އެއްވުމެއް ފުލުހުން ނުކުމެ، 5 އޮގަސްޓް 2016 ގައި ހުއްޓުވާފައިވެއެވެ.

5 އޮގަސްޓް 2020

ފެނާއި ނަރުދަމާގެ ގާނޫނު ތަސްދީގު ކުރައްވައި ދިވެހި ސަރުކަރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ.  މިއީ، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ތފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖ ގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި،

އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

13%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް