މިއަދު ހަވީރު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނިއު އަތުން އެލްޓީ މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. މެޗުގައި ފުރަތަމަ ނިއުއިން ލީޑު ހޯދި ނަމަވެސް އެލްޓީން ކުރި ހޯދިއެވެ. އެލްޓީން ކުރި ހޯދުމާއި އެކު ދެވަނަ ފަހަރަށް ނިއުއިން އެއްވަރު ކުރިނަމަވެސް، ފަހުން އަނެއްކާ އެލްޓީ ލަނޑެއް ޖަހައި ކުރި ހޯދީއެވެ.
މިއަދުގެ ނަތީޖާއާއެކު ތޭރަ ޕޮއިންޓާއެކު އެލްޓީ އެއްވަނައިގަ އޮތް އިރު ނިއު އޮތީ ދެވަނައިގައެވެ. ނިއުއަށް ލިބިފައިވަނީ ބާރަ ޕޮއިންޓެވެ. ފަހު މެޗުގައި ނިއު ނުކުންނާނީ މަހިބަދޫއާ ދެކޮޅަށެވެ.