ads
ސްޓެލްކޯގެ މުވައްޒަފުންނަށް އިމާރާތްކޮށްފައިވާ ފްލެޓްތައް..
328 މުއައްޒަފަކަށް ސްޓެލްކޯ ފްލެޓުގެ ތަޅުދަނޑި ހަވާލުކޮށްފި
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށް ތަރައްގީކުރި ފްލެޓްތަކުގެ ތަޅުދަނޑި 328 މުވަޒަފަކަށް މިއަދު ހަވާލުކޮށްފި އެވެ.

ފުލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުން އޮތީ މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އެކި ކުންފުނި ތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގައި ސްޓެލްކޯއިން ވެސް ވަނީ ދެ ޓަވަރު އަޅާފަ އެވެ. ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓު ހިމެނޭއިރު ދެ ކޮޓަރިއާއި މެއިޑް ރޫމް އަދި ސިޓިން ރޫމު ހިމެނޭ ގޮތަށް ވަނީ 288 އެޕާޓްމަންޓު ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން އެއް ކޮޓަރި އާއި ސިޓިން ރޫމު ހިމެނޭ ގޮތަށް ވަނީ ޖުމްލަ 72 އެޕާޓްމަންޓް ތަރައްގީކޮށްފަ އެވެ. 

ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ 328 ފަރާތަކަށް ތަޅުދަނޑު ހަވާލުކޮށްދީފަ އެވެ. ބާކީ 32 އެޕާޓްމަންޓުގެ ތަޅުދަނޑި ފަހުން ހަވާލުކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. 

މި ފްލެޓްތައް ލިބޭ އުސޫލުގައި ވާގޮތުން ކުރިމަތިލާ އެންމެނަށް ފްލެޓު އޮތީ ލިބޭގޮތަށެވެ. އަދި މާލޭގައި އަމިއްލަ ގެއެއް ހުއްޓަސް އެމީހަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ. މީގެތެރެއިން ހަ ފްލެޓެއް އެކުންފުނީގެ ބޯޑު މެމްބަރުންނަށް ވެސް ވަނީ ހާއްސަކޮށްފަ އެވެ. 

އެ ފްލެޓްތަކުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ މަހަކު 5622 ރުފިޔާ އަށެވެ. މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ މަހަކު 10،356 ރުފިޔާ އާއި 10،652 ރުފިޔާ އާ ދެމެދުގެ އަގެއްގަ އެވެ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ދައްކަންޖެހޭނެ އެވެ. 

ސްޓެލްކޯގެ ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް އެކުންފުނިން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން ނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް