ads
ދޯނި ސަރވިސްއާ ސަރުކާރާ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ތާރީޚުގެ ތެރެއިން: ފުރަތަމަ ފަހަރަށް އޮފީސްތަކުގައި ދިދަ ނެގުން
ތާރީޚުގެ ސޮފްހާތަކަށް ބަލާލާއިރު، ސަރުކާރު އޮފީސް ތަކުގައި ދިދަ ނަގަން ފެށުމުގެ ގޮތުން މުލީއާގޭގައި ގައުމީ ދިދަ ފުރަތަމަ ފަހަރަށް ނެގުނީ 6 އޮގަސްޓް 1945 ގައެވެ.

 6 އޮގަސްޓް 1948 

ސިފައިންގެ ބެޖު، ފުރަތަމަ ފަހަރަށް ސިފައިންނަށް ދެވުނީ 6 އޮގަސްޓް 1948 ގައެވެ.

 އޮގަސްޓް 1971

ރާއްޖޭގެ ތިންވަނަ ގައުމީ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅެވުނީ 6 އޮގަސްޓް 1971 ގައެވެ. ފައިނަލުގައި ވާދަކުރީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި، މާލޭ ޓެނިސް ކްލަބެވެ.

6 އޮގަސްޓް 2009

ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ މެންބަރުންގެ ގޮތުގައި ތިއްބެވި 6 މެންބަރުން ވަކިކުރައްވައި އާ މެންބަރުން އައްޔަން ކުރެއްވީ 6 އޮގަސްޓް 2008 އަށެވެ. އެ ހަ މެންބަރުންނަކީ ޒާހިޔާ ޒަރީރު، ބަންދު އިބްރާހީމް ސަލީމް، ޑރ. އަހްމަދު ޝަރީފް، ޑރ. ފާތިން ހަމީދު، އާޒިމާ ޝަކޫރު އަދި ދިޔާނާ ސައީދުއެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރަނިންގ މޭޓަކަށް އަހްމަދު ތަސްމީން އަލީ ކަނޑައެޅުއްވީވެސް 6 އޮގަސްޓް 2008 ގައެވެ. 

 އޮގަސްޓް 2009

މެދު ދެކުނު ޕްރޮވިންސްގެ ރަށްތަކަށް ދަތުރުފަތުރުގެ ނިޒާމު ހުޅުވާލުމުގެ އެއްބަސްވުމުގައި، ދިވެހި ސަރުކާރުން މޯލްޑިވްސް ދޯނި ސަރވިސަސްއާއެކު އެކު ސޮއިކުރެވުނީ 6 އޮގަސްޓް 2009 ގައެވެ.

6 އޮގަސްޓް 2015

ސުވޭޒް ކެނަލަށް އަލަށް އިތުރުކުރި ބައި ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް އަހުމަދު އަދީބު މިސްރަށް ފުރާވަޑައިގެންނެވީ 6 އޮގަސްޓް 2015 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް