ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ޕްރައިވެޓައިޒޭޝަން ބޯޑުގެ މެންބަރުންނަށް ރުހުން ދީފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައައްޔަން ކުރައްވާފައިވާ ހަތް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރީ 60 އަށް ވުރެ ގިނަ މެންބަރުންގެ ތާއީދާ އެކު އެވެ. 

ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި ހަތް ބޭފުޅުންނަކީ:
1 . ހަސަން ވަހީދު، ކުދިމާގެ، ގދ. ތިނަދޫ - (ރައީސް)
2 . އާސިމް މުހައްމަދު، ގ. މެޒަރިން - (ނައިބް ރައީސް)
3 . އައިޝަތު ޝާޒުލީ، މ. ސެވޯއީ - (އެކައުންޓިންގް އެންޑް ފައިނޭންސްގެ ދާއިރާ)
4 . ރުޝާހާ އަހްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ - (ބޭންކިން ދާއިރާ)
5 . އަލީ ޝަފީއު، މ. ހުދުކަނީރުގެ - (ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ)
6 . އަލީ ޝުޖާއު، ފަހަލަ، ޅ. ހިންނަވަރު - (ގާނޫނީ ދާއިރާ)
7 . އަހްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ - (އިކޮނޮމިކްސް ދާއިރާ) 

ޕްރައިވެޓައިޒޭޝަން ބޯޑުގެ މެންބަރުން މަޖިލީހުން މިއަދު ރުހުން ދިން ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވެޓައިޒޭޝަންގެ ބޯޑުގެ މެންބަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި ހަތް ބޭފުޅުން އައްޔަން ކުރެއްވީ މިދިޔަ ސެމްޓެމްބަރު މަހުގެ ތެރޭގަ އެވެ. 

މި ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ޕްރައިވެޓައިޒޭޝަން ބޯޑަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. ނިމިދިޔަ ސަރުކާރުގައި ޕްރައިވެޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް