ads
ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ޕްރީސްކޫލު---ފޮޓޯ:ސީއެންއެމް
ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ޕްރީ ސްކޫލު ނިންމާ އަންނަ މަހު ހަވާލުކުރާނެ
ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ އެ ސަރަހައްދުގެ ފުރަތަމަ ފްރީސްކޫލު ނިންމާ، އަންނަމަހު އެޗްޑީސީއާއި ހަވާލުކުރެވޭނެ ކަަމަށް އެ މަސައްކަތް ކުރަމުންދާ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ ލޮޖިސްޓިކް މެނޭޖަރު ޝަފްޒާދު ޒާހިދު ވިދާޅުވީ އެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަކަމަށާއި، މިމަހު 15 އަށް އެޗްޑީސީއާއި ސްކޫލު ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް ތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެބަރު މަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުޅި މަޝްރޫއު އެއްކޮށް ނިންމާލާ އެޗްޑީސީ އާއި ހަވާލުކުރެވޭނެ ކަމަށް މި ލަފާކުރަނީ އަންނަ ސެޕްޓެމްބަރު މަހަށް،" ޝަފްޒާދު ވިދާޅުވި އެވެ.

އެޗްޑީސީން މި ޕްރީސްކޫލުގެ މަސައްކަތް އެސްޖޭ އާއި ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. ޖުމްލަ 24 ކްލާސްރޫމް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ޕްރީސްކޫލުގެ އެމަސައްކަތުގެ ފުރަތަމަ ފިިޔަވަހީގެ މަސައްކަތް މިމަހު 15 އަށް ނިމޭނީ 12 ކްލާސްރޫމާއިއެކު އެވެ. 

މި ޕްރީސްކޫލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެހިފަވާ ކަމަށް ޝަފްޒާދު ވިދާޅުވި އެވެ.

your imageދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ޕްރީސްކޫލު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިމަހު ނިމޭނެ---ފޮޓޯ:ސީއެންއެމް

ހުޅުމާލޭގައި ސަރުކާރުން ޤާއިމްކުރި ފުރަތަމަ ޕްރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ފައިސަލް ނަސީމް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ޕްރީސްކޫލެއް ގާއިމުކުރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް