އާސެނަލް އިން ރަށުން ބޭރުގައި ކުޅުނު މި މިމެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް މާޓިނޭލީއެވެ. ދެވަނަ ލަނޑަކީ އާސެނަލްގެ ސަކާ ޖެހި ބޯޅާއެއް ޕެލަސްގެ ޑިފެންޑަރު، މާކް ގޭހީ ޖެހި ބައިކޮޅަށް ވަތް ލަނޑެކެވެ.
އާ ސީޒަން މޮޅަކުން ފަށައި އާސެނަލްގެ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުން ގެނެސްދީފައިވާއިރު، މިދިޔަ ސީޒަންގައި އާސެނަލް ފެށީ ދޭއް ސުމެއްގެ ބައްޔަކުންނެވެ. އެއީ އެ ސީޒަނާ ހަމައަށް ވޭތިވެދިޔަ ބައިގަރުނުގައިވެސް ފުރަތަމަ މެޗުގައި އާސެނަލްއަށް ނުލިބޭ ދަށް ނަތީޖާއެކެވެ.