ads
ނައިޓުކުލަބުގައި ރޯވެފައި
ތައިލެންޑުގެ ނައިޓު ކުލަބެއްގައި ރޯވެ، ލަވަކިއުންތެރިން ހިމެނޭހެން 14 މީހުން މަރުވެއްޖެ
ހުކުރު ދުވަހުގެ ރޭ ތައިލެންޑްގެ އިރުދެކުނު ޗޮންބުރީ ޕްރޮވިންސްގައި އޮތް ނައިޓް ކްލަބެއްގައި އަލިފާން ރޯވެ، 14 މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވި މިއުޒިކް ޕާފޯމަރުންގެ ތެރެއިން އެކަކުގެ މަންމަ ބުނި ގޮތުގައި އަލިފާން ރޯވެފައި ވަނީ އެތަނުގައި ލައިވް މިއުޒިކް ޕާފޯމަންސެއް ކުރިއަށް ދަނިކޮށެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް މިހާތަނަށް ދެނެގަނެވިފަ އެއް ނުވެ އެވެ. 

މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ގިނައިން ފެނިފައިވަނީ އެތެރެއަށް ވަންނަ ދޮރު ކައިރިންނާއި ފާހާނާތަކުން ނެވެ. އިތުރު ބަޔަކު ފެނިފައިވަނީ ޑީޖޭ ޖަގަހަ ކައިރިން ނެވެ. މިހާތަނަށް މަރުވި އެންމެންނަކީ ތައިލެންޑުގެ ރައްޔިތުން ކަމަށް ބެލެވެ އެވެ. 

your imageނައިޓުކުލަބުގައި ރޯވި ވަގުތު 

އެ ހާދިސާގައި 14 މީހުން މަރުވެ، 40 ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެންދަނީ ފަރުވާދެމުން ނެވެ. 

your imageނައިޓުކުލަބުގައި ރޯވެ މުޅި އެތަން ވަނީ އަދާ އަޅިއަށް ވެފަ

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާ ފައިޓަރުން ދެ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތްކުރި ކަމަށް ލޯކަލް މީޑިއާތަކުން ބުނެ އެވެ. 

ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުން އަލިފާންގަނޑު ކުޑަ ސިކުންތުކޮޅެއްތެރޭ މުޅި އެ ސަރަހައްދަށް ފެތުރިިގަނެ، އެއްބަޔަކު ހަޅޭލަވަމުން ދުވަމުންދިޔައިރު، އަނެއްބަޔަކުގެ ހެދުންތަކުގައި އަލިފާން ރޯވެގެން ސަލާމަތައް އެދެމުން ދުވަމުން ދިޔަތަންވެސް ފެނެ އެވެ. 

82%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް