ads
ރައްޔިތުންގެ މަޖިލިސް
އެއްޖިންސުން ގުޅުން ހިންގައިގެން މަޖިލީހުގެ އިދާރީ މުވައްޒަފަކުވެސް ސަސްޕެންޑުކޮށްފި
އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފަކު ސްޕެންޑުކޮށްފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް އަލަމްގީރާއެކު ދިވެހިންގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް މިފަހުން އަންނަނީ ދައުރުވަމުން ނެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، ފުލުހަކާއި، ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. 

ނަމަވެސް މަޖިލީހުން ސަސްޕެންޑުކޮށްފައިވާ އިދާރީ މުވައްޒަފު ސަސްޕެންޑުކޮށްފައިވަނީ ސީދާ އަލްމްގީރުގެ މައްސަލައިގައި ކަމެއް އަދި ސާފެއް ނުވެ އެވެ. މިކަމާއި ގުޅޭގޮތުން މަޖިލީހުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް މުވައްޒަފު ސަސްޕެންޑުކޮށްފައިވާކަން މަޖިލީހުން ކަށަވަރުކޮށްދެ އެވެ. 

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ރައީސް ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. 

އަލްމްގީރު ހައްޔަރުކޮށްފައިވަނީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފަވާ ކަމަށްވެސް ވެއެވެ. 

އަލްމްގިރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެެއްވެސް ލީކުވި އެވެ. ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެ އެވެ. އަދި އޭނާ ހައްޔަރުނުކޮށް ހުންނަ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުންތައްވެސް ވަނީ ފުލުހުންނަށް އަމާޒުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް