ads
ފޮޓޯ: އުރީދޫ
15،000 ރުފިޔާ ލިބޭ އުރީދޫ ޕަބްޖީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އުރީދޫ ނޭޝަން އިން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އެކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ. 

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އެކަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

"އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓަށް ގައި ވާދަކުރަންވާނެ." އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 15 އޯގަސްޓް 2022 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑާ ސީރީޒް އެކެއް ގެ ޗެމްޕިއަން ޓީމުތަކަށް 15،000 ރުފިޔާ ވަނީ ކަނޑައެޅިފަ އެވެ. 

އިނާމުތައް ކަނޑައެޅިފައިވާ ގޮތް:

  • ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
  • ދެ ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ 
  • ތިން ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ  

 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް