7 އޮގަސްޓް 1998
ސިންގަޕޫރުގެ އިސްލާމީ ކަންތަކާބެހޭ މަޖިލީހުގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރެއްވީވެސް 7 އޮގަސްޓް 1998 ގައެވެ. މި ބައްދަލު ކުރެއްވުން އޮތީ ސިންގަޕޫރުގެ މަސްޖިދުއްސުލްތާންގައެވެ.
7 އޮގަސްޓް 2008
އިސްލާހު ކުރެވުނު ގާނޫނު އަސާސީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވީ ދެހާސް އަށްވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ހެނދުނުއެވެ.
7 އޮގަސްޓް 2013
ޒުވާނުންނަށް ކަންކަން ކޮށްދޭން ޖެހެނީ ސަރުކާރު "ހެޔޮފުޅު" ވެގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވީ 7 އޮގަސްޓް 2013 ގައެވެ.
7 އޮގަސްޓް 2018
މަރުގެ ހުކުމް ތަންފީޒު ކުރައްވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް ބުނެ ގޮން ނުޖެއްސެވުމަށާއި، އެ މަނިކުފާނުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ 7 އޮގަސްޓް 2018 ގައެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، ގދ. މަޑަވެލީގައި ވާހަކަ ދައްކަވަމުންނެވެ.