އެމްޑީޕީގެ އެކްޓިވިސްޓް ރާއްޕެގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވަނީ މިއަދުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވީޑިއޯ އާއްމުވުމާއެކު އޭނާވަނީ މަގާމުން ވަކިކޮށްފައެވެ. މިކަން ރައީސް އޮފީހުންވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
އާއްމުވި ރާއްޕެގެ ވީޑިއޯއިންވެސް ފެންނަނީ އަލްމްގިރިގެ ކޮޓަރީގައި އޭނާ އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއް ޖިއްސުން ގުޅުން ހިންގުމުގެ މައްސަލަތަކެއް ފުލުހުން ބަލަމުން އަންނައިރު ބައެއް މީހުން ހައްޔަރުކޮށްފައިވެސްވެއެވެ.