ads
ކުރީގެ ބަންޑާރަ ނާއިބު ސުއޫދު އަދި ބައެއް ވަކީލުން
ތާރީޚުން: ސަރުކާރުން މޮޑޭ ފުށް ގަނޑަކަށް ގާނޫނު އަސާސީ ހަދައިފި ކަމަށް ސުއޫދު ވިދާޅުވި
8 އޮގަސްޓް 1998 އޭޝިޔާ ކްލަބުތަކުގެ ފެންވަރު މަތިކުރުމަށް، އޭއެފްސީން ފައިސާގެ އެހީ ދޭން ނިންމިކަން އިއުލާން ކުރީ 8 އޮގަސްޓް 1998 ގައެވެ.

8 އޮގަސްޓް 2010

ދައުލަތުގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ، 8 އޮގަސްޓް 2010 ގައެވެ. މަގާމުން އިސްތިޢުފާ ދެއްވައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ސިޓީފުޅުގައި، މަގާމު އިސްތިޢުފާ  ދެއްވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހި ދައުލަތް މިވަގުތު ހިންގެން އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 14 ވަނަ ބާބުގައި، އެޤާނޫނުއަސާސީއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އިންތިޤާލީ މުއްދަތު ހަމަވިއިރު، އެބާބުގައި ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަކުރުމުގައި އިހްމާލުވެފައިވާ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށް ވިދާޅުވެފައިވެއެވެ.

8 އޮގަސްޓް 2013

އިންޑިޔާގެ ސޮފްޓްވެއާ އިންޖިނެއަރުންނާ ރިޔާސީ އިންތިހާބާ ގުޅުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނީ 8 އޮގަސްޓް 2013 ގައެވެ.

ބައިނަލް އަގްވާމީ ފަރާތްތަކުން އެދެނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވާން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީވެސް 8 އޮގަސްޓް 2013 ގައެވެ.

8 އޮގަސްޓް 2018

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބޮޑެތި ބަދަލު ތަކެއް ގެންނަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ 8 އޮގަސްޓް 2018 ގައެވެ.

ސަރުކާރުން މޮޑޭ ފުށް ގަނޑަކަށް ގާނޫނު އަސާސީ ހަދައިފިކަމަށް ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ވިދާޅުވީ 8 އޮގަސްޓް 2018 ގައެވެ. ސުއޫދު އެހެން ވިދާޅުވީ ގާނޫނު އަސާސީއަށް ދިހަ އަހަރުވުމާ ދިމާކޮށް ކުރެއްވި ޓްވީޓެއްގައި، 8 އޮގަސްޓް 2018 ގައެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް