ads
އެމްޑީޕީ އެކްޓިވިސްޓް ރާފިއު
އެއްޖިންސުން ގުޅުން ހިންގި އެމްޑީޕީ އެކްޓިވިސްޓް ފިލައިފި
އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ވީޑީއޯ މިއަދު އާއްމުވެފައިވާ އެމްޑީޕީގެ އެކްޓިވިސްޓް، އަދި ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރި އިބްރާހިމް ރާފިއު ފިލައިގެން ރާއްޖެއަށް ބޭރަށް ގޮސްފިއެވެ.
Advertisement

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާކަން ކަށަވަރެވެ. އެހެންނަމަވެސް އޭނާ ފިލައިގެން ދިޔައީ ކޮންތާކަށް ކަމެއް އަދި ސީދާ ކޮން އިރަކުކަމެއް ސާފެއް ނުވެއެވެ. އޭނާގެ ވީޑިއޯ އާއްމުވެފައިވަނީ މިއަދުއެވެ.

އޭނާގެ ވީޑިއޯ މިއަދު އާއްމުވެފައިވީނަމަވެސް، އޭނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވި، ފުލުހުންވަނީ އެކަން އިސްލާމިކް މިނިސްޓްރީއަށް ކުރިން އަންގާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ މައުލޫމާތު ފުލުހުންނަށް ކުރިން ލިބިފައިވާ ކަމަށް ބެލެވޭއިރު، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނެތީ ކީއްވެކަމެއް، އަދި އޭނާއަށް ފުރައިގެން ދެވުނީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

އެމްޑީޕީގެ ޖަލްސާތަކުގައި އާއްމުކޮށް ގުރުއާން ކިޔަވާ ރާފިއުއަކީ ގުރުއާން މުދައްރިސެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ ވީޑިއޯ އާއްމުވުމާއި އެކު އޭނާ މަގާމުން ވަކިކުރި ޚަބަރު ފެތުރުނެއެވެ.

ރާފިއު ފިލައިގެން ރާއްޖެއަށް ބޭރަށް ދިޔަކަމުގެ މައުލޫމާތު ލިބިފައިވާއިރު، ކުރީގެ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ފުލުހުން ހައްޔަރުކުރީ ފިލައިގެން ގޮސް ރިސޯޓެއްގައި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނާޒިމް ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުވަނީ ނުރުހުންވެ، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

30%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް