ads
އެމްޑީ ޝަރީފް އަދި އެމްޑީ ސައީދު
ޝަރީފްގެ ހިފެހެއްޓުމެއް ނެތް ތައުރީފު ފެނަކަ އެމްޑީ އަށް
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކަރަންޓާއި ފެނުގެ އިތުރުން ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މޭނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ތައުރީފް ބަރުތީލަ ކޮށްލައިފި އެވެ.
Advertisement

ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ފަރާތުން އިމާރާތް ކުރި ފުލެޓުތައް ލިބުނު ފަރާތްތަކަށް ފުލެޓު ތަޅުދަނޑި ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ކުންފުނީގެ އިސްވެރިންނާއި ގިނަ މުވައްޒަފުން ބައިވެރިވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ފެނަކައިގެ އެމްޑީ ސައީދު އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ފެނަކައިގެ އެމްޑީ ސައީދު އަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފަ އެވެ. އަދި ވަގުތު ކުޑަވެފައި ވަނިކޮށް ދެއްވި ދައުވަތު ގަބޫލު ކުރައްވާ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންވީތީ ކުންފުނީގެ މުވައްޒަފުންގެ ނަމުގަޔާއި، ޝަރީފްގެ އަމިއްލަ ނަމުގައި ވަނީ ސައީދު އަށް ޝުކުރު އަދާ ކުރައްވާފަ އެވެ. 

މީގެ އިތުރުން ޝަރީފް ވަނީ، ފެނަކަ ހިންގެވުމުގައި ސައީދު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ފާހަގަ ކުރައްވާ އެކަމަށް ތައުރީފް ކުރައްވާ ވާހަކަ ފުޅު ދައްކަވާފަ އެވެ. 

"ފެނަކަ ގައި ވެސް މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން، އަދި އެތަނުގައި ހުރި ގޮންޖެހުންތައް އެނގޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލާނީ ފެނަކައިގެ އެމްޑީ ސައީދު އަކީ ވަރަށް ކުޅަދާނަ ބޭފުޅެކޭ. އެއީ އެހުރިހާ ގޮންޖެހުން ތަކާއި އެކުވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ކުންފުނީގައި ހުރި ދަތިތަކުގެ އިހުސާސްވިޔަ ނުދެއްވާ 24 ގަޑިއިރު، ކަރަންޓުގެ ހިދުމަތް އަދި އެހެން ޔުޓިލިޓީގެ ހިދުމަތް ދެއްވާކަމީ ހަމަ ސައީދުގެ ކުޅަދާނަ ކަން." ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވަނީ ފެނަކަ އާއި ސްޓެލްކޯ އަކީ ދިވެހި ރައްޔިތުންގެ ނޫރު ކަމަށް ވިދާޅުވެފަ އެވެ. އެ ދެ ބޭފުޅުންނަކީ ރާއްޖޭގެ ރައްޔިތުން އަލިކަމުގައި ބަހައްޓަވާ ބޭފުޅުން ކަމަށްވެސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މި މަޝްރޫއަށް މުޅި ޖުމުލަ 692 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް މުވައްޒަފުން އަތުން ނެގުމަށް ނިމުނީ 623 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ.

ސްޓެލްކޯގެ ފްލެޓު ލިބުނު 360 މުވައްޒަފުންގެެ ތެރެއިން 203 މުވައްޒަފުންނަށް ސްޓެލްކޯއިން ލޯނު ދޭން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް