ads
ރައީސް ޔާމީން ހިޔާނާތުގެ މައްސަލައިގައި ކޯޓަށް ހާޒިރުކުރަނީ.. ފައިލް ފޮޓޯ
ޖަމީލް، ދައުލަތަށް: ހެކި ވައްދަން ތި އުޅެނީ ވަލުދޮރާއަށިން
ވ.އާރަށުގެ މައްސަލާގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހެކި ވައްދަން މަސައްކަތްކުރަނީ ވަލު ދޮރާއަށިން ކަމަށް ވިދާޅުވެ، ދިފާއީ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.
Advertisement

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަށް ހެކިބަސް ނެގުމަށް މިއަދު ވަނީ ޔާމީންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ދައުލަތުގެ ވަކީލުން ވަނީ ނާޒިމް އާ ވަރަށް ގިނަ ގޮތްގޮތުން ސުވާލު ކުރައްވާފަ އެވެ. އެގޮތުން ނާޒިމް ކުރިން ވަޒީފާގައި އުޅުއްވި ތަންތަނާއި، ފުރުއްވި މަގާމުތަކުގެ ވާހަކަ ތަފްސީލުކޮށް އެއްސެވި އެވެ. ނަމަވެސް ކުރާ ސުވާލުތަކަށް ސީދާ ނާޒިމް ޖަވާބުދާރީ ނުވާކަމަށް ވިދާޅުވެ، ދިފާއީ ވަކީލުން ޝަރީއަތުގައި ވިދާޅުވީ، މި މައްސަލަ އަކީ ރަށެއް ވިއްކާލައިގެން އޭގެން ލިބުނު ފައިސާ އަށް ހިޔާނަތްވެފައިވާ މައްސަލަ އެެއް ކަމަށާއި، މައްސަލަ އާއި ގުޅޭ ސުވާލު ކުރުމަށް އެދޭ ކަމަށެވެ. 

"ތަކުރާރު ކޮށް މިހާރު ބުނެވިއްޖެ މައްސަލަ އާ ގުޅުން ހުރި ވާހަކަ ދައްކަވަން. ދައުލަތުން އެ ސުވާލުކުރައްވަނީ ކޮން ގުޅުމެއްްތޯ އޮތީ. ކޮން ވަޒީފާއެއްތޯ އަދާކުރަނީ. މީ ރަށެއް ވިއްކި މައްސަލައެއްގެ ހިޔާނާތުގެ މައްސަލަ އެއް. ވަލުދޮރާށިން ހެކި ވައްދަށް އެ މަސައްކަތް ކުރަނީ. ގާޒީ އެހެން ނުހެދޭނެ." ވަކީލު ޑރ ޖަމީލް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ ނެގިކަން އެގުނު ކަމަށާއި، އެފައިސާ ޔާމީން އަށް ލިބިފައިވުމުން އެކަންތައް އޮޅުން ފިލުވުމަށް ޔާމީން އާ ބައްދަލުކުރި ކަމަށެވެ. އަދި އެމްޕީއެލްގެ ފައިސާ ގެ ފަސް މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ޔާމީން އަށް ފައިސާ ދޭ ފަސް ވިޔަފާރިވެރިންގެ އެކައުންޓަށް ކަމަށެވެ. ނާޒިމް ވިދާޅުވީ މި ފައިސާ އަކީ މަކަރާއި ހީލަތުން ނުނީ ވަގަށް ނަގައިގެން ހޯދި ފައިސާކަން އެނގޭ ކަމަށެވެ. 

"އެއީ 28 އޭޕްރީލް 2014 ވަނަ ދުވަހުގެ ހެނދުނު. އެއީ ވަރަށް ހަނދާން ހުންނަ ދުވަހެއް. އަޅުގަނޑު ބައްދަލުކުރަން ދިޔައިން. އޭރު މައުލޫމާތު ލިބުނީ މޯސްޓް ލިމިޓެޑުން ފަސް މިލިއަން ޑޮލަރުގެ ރުފިޔާ ވަގަށް ނަގަވާފައިވާ ކަަމަށް. އެކަމާ ގުޅޭ ކޮންމެވެސް ވަރަކަށް ޑޮކިއުމަންޓް ވެސް ހުރި އޭރު އަޅުގަނޑު އަތުގަ. އެވާހަކަ ބައްދަލުކޮށްފަ ދެންނެވިން. އެ ފަސްމިލިއަން ރުފިޔާ ޖަމާވި އެކައުންޓުތަކުގެ ފައިސާ ވެސް ޖަމާވީ އެ ބުނާ ވިޔަފާރިވެރިޔާގެ އެކައުންޓްތަކަށް. ޔާމީން ވެސް އެދުވަހު ބުނި މިކަން އެގެޔޭ ވެސް."

ނާޒިމް ވިދާޅުވީ، އެމްއެެމްޕީއާރުސީގެ މައްސަލަ އަކީ ދިވެހި ދައުލަތުގެ މިލްކުގައި ހިމެނޭ ރަށްތަކެއް ވިއްކަން ނުވަތަ ކުއްޔަށްދީގެން ކުރެވުނު މުއާމަލާތެއް ކަމަށާއި، އެމައްސަލައިގައި ދައުލަތަށް ފައިސާ ނުލިބޭ ގޮތަށް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާވާގޮތަށް، އަދި އެފައިސާ ދައުލަތުގެ އެެއްވެސް އެކަުންޓަކަށް ޖަމާނުވާ ގޮތަށް ހަޖެއްސެވީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ކަމަށާއި، ރޭވުމުގެ ތެރެއިން ކަމަށެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލއިގައި ކަޅު ދަބަހެއްގައި ގެނައި ފައިސާ އޭރު ރައީސް ޔާީން ދިރިއުޅުއްވި ގެކޮޅު ހ.ދޫވެއްސަށް ގެންނެވި ކަމަށާއި، އެފައިސާ ފެނުނު ކަމަށްވެސް ޝަރީއަތުގެ މަޖިލީހުގައި ނާޒިމް މިއަދު ވިދާޅުވި އެވެ.

"ކެމްޕޭނުގެ ފައިސާ މައިގަނޑު ގޮތެއްގައި ހޯދުމުގައި މަސައްކަތް ކުރި އެއްބޭފުޅަކީ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު. އަހުމަދު އަދީބަކީ ކެމްޕެއިނަށް ބޭނުންވާ ފައިސާ ގިނަ އަދަދަކަށް ހޯއްދަވައިދެއްވި ބޭފުޅެއް. ދެން އެފައިސާ އެކި ދިމަދިމާލުން ހޯދުމާ ދެން އެ ފައިސާ ކެމްޕެއިނަށް ފޯރުށްދިނުމުގައި އަދީބު އުޅުއްވި. ކަޅުކުލައިގެ ދަބަހަކަށް އަޅައިގެން ފައިސާ ގެނައީ އަދީބު. ވިދާޅުވި ފަނަރަ މިލިއަން ރުފިޔާ އެރޭ ގެނައިކަމަށް. އާންމުގޮތެއްގައި ފައިސާ ދީފަ ހުރީ ޗެކުދީފަ ދަރަންޏަށް. ވިޔަފާރިވެރިންގެ ޗެކެއް އެއީ.

ނާޒިމް ވިދާޅުވީ ޔާމީންގެ ހިޔާނާތާއި ވައްކަމުގެ މައްސަލަ ވެސް އެންމެ ފުރަތަމަ ފެންމަތި ވެފައިވަނީ އެމްޕީއެލް އިން ކަމަށާއި، އެކަންކަން އެގުނު ހިސާބުން އެ ވާހަކަތައް ހިއްސާކުރެއްވި ކަމަށެވެ. އަދި އެކަން ގަބޫލުކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވީ ކަމަށެވެ. 

ނާޒިމް ވިދާޅުވީ އެމަނިކުފާނަކީ މުއުމިނެެއް ކަމަށާއި، ޔާމީން އާއި އެއްވެސް ވަރެއްގެ ރަހުމަތްތެރިކަމުގެ ގުޅުމެއްވެސް ނޯންނާނެ ކަމަށެވެ. އަދި މަޖާޒު ބަހެއްގޮތުގައި ވިދާޅުވީ "އެއްހަރަކުން މުއުމިނެއްގެ ގަޔަށް ދެފަހަރަކު ކައްޓެއް ނުޖެހޭނެ." ވާހަކައިގެ މިސާލެއް ކަމަށެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް