ads
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު ފޮޓޯ: މިހާރު
ގަދަ 10 ގައި ހިމެނޭ ދަރިވަރުންނަށް އެމްޕީއެލް އެހީގައި ސްކޮލަޝިޕްތަކެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގުޅިގެން ދޭ "ކޯޕަރެޓް ސްކޮލަޝިޕް" ގެ އެމްއޯޔޫގައި މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނުން ސޮއިކޮށްފި އެވެ. "ކޯޕަރެޓް ސްކޮލަޝިޕް" އެއްބަސްވުމެއްގައި ސޮއިިކޮށްފި

މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނާ ގުޅިގެން ދޭ "ކޯޕަރެޓް ސްކޮލަޝިޕް" ގެ އެމްއޯޔޫގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިއުލާނު ކުރެވުނު ސްކޯލާޝިޕުގައި އެމްޕީއެލްގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މި ސްކޯލާޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ މަތީ ސާނަވީ އިމްތިހާނުތަކުން ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެ އެއް ދަރިވަރަކަށެވެ.  

މި ރަސްމިއްޔާތުގައި ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އިތުރު ހަ ދާއިރާ އަކުންވެސް ސްކޯލާޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޒުވާނުންނަށް ތައުލީމާއި ތަމްރީން އަދި ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން އެމްޕީއެލުން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. 

ޝާހިދު ވިދާޅުވީ ޕޯޓް އޮޕަރޭޝަން ދާއިރާ، ސޭފްޓީގެ ދާއިރާ، ފައިނޭންސް ދާއިރާގެ އިތުރުން އިންޖިނިއަރިންގެ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. ނަމަވެސް މި ްކޯލާޝިޕް ތަކަށް ބައިވެރިވެވޭނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް