9 އޮގަސްޓް 2008
ގައުމީ ޓީމުގެ ކުޅުންތެރިން ޑީއާރުޕީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެފައިވާތީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެފްއޭއެމުން ބުނީ 9 އޮގަސްޓް 2008 ގައެވެ.
9 އޮގަސްޓް 2009
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމާއި، އެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ފަށްޓަވައިދެއްވީ 9 އޮގަސްޓް 2009 ގައެވެ. މި ދެ މަޝްރޫޢަކީ ޖަޕާން ސަރުކާރުގެ ލޯން އެހީގެ ދަށުން ހިންގަވާ ދެމަޝްރޫޢެވެ.
9 އޮގަސްޓް 2018
ފަރުކޮއި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކުރެވުނީ 9 އޮގަސްޓް 2018 ގައެވެ. މިއީ ސްކޫލުތަކެއްގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
9 އޮގަސްޓް 2020
ށ. ފުނަދުއަށް ބޯކޮށް ވާރޭވެހި 9 އޮގަސްޓް 2020 ގައި ފެންބޮޑުވިއެވެ. މި ހާދިސާގައި އެ ރަށުގައި ފެންބޮޑުވެ އެ ރަށުގެ ބައެއް ގެތަކަށް ފެން ވަދެ، 20 ވަރަކަށް ގެއަށް ފެނުގެ އަސަރުކޮށްފައިވެއެވެ.