ads
ތަގުރީރުކުރައްވަން ހުންނަވަނިކޮށް ވެއްޓިވަޑައިގެން މަންޒަރު
ސައުދީގެ ސަފީރެއް ތަގުރީރު ކުރައްވަން ހުންނަވަނިކޮށް ކުއްލިއަކަށް އަވަހާރާވެއްޖެ
އަރަބި އެފްރިކަން ކޮންފަރެންސެއްގައި ތަގުރީރުކުރަންވަން ހުންނަވަނިކޮށް ސައުދީ އަރަބިއްޔާގެ ސަފީރު މުހައްމަދު އަލް ގަހްތާނީ، އަވަހާރާވެއްޖެ އެވެ.
Advertisement

މިސްރުގެ ވެރިކަން ކުރާ ރަށް ގާހިރާގައި އޮތް މި ކޮންފަރެންސްގައި ތަގުރީރު ދެއްވަން ހުންނަވަނިކޮށް އަވަހާރާވެެގެން ސަފީރު މުހައްމަދު އަލް ގައްތާނީ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުން ނެވެ. 

އެ ވީޑިއޯއިން ފެންނަގޮތުން ތަގުރީރު ދެއްވަން ހުއްޓާ ކުއްލިއަކަށް އަވަހާރާވެގެން ވެއްޓިވަޑައިގަތުމުގެ ކުރިން ފަހުބަހަކަށް ވިދާޅުވެވުނީ، އިޖިޕްޓުގެ ރައީސް އަބްދުލް ފައްތާހުއަށް ވިދާޅުވި ތައުރީފުގެ ޖުމުލައެކެވެ. 

" ދަ ޑީން އޮފް މޭން، އެންޑް މޭން އޮފް ޕީސް(“އިންސާނުންގެ ޑީން އަދި ސުލްހަވެރި މީހާ")" މި ޖުމްލަ އާއިއެކު އޭނާ ވަނީ އަވަހާރާވެގެން ވެއްޓިފަ އެވެ.

މިހާތަނަށް އޭނާ އަވަހާރާން މެދުވެރި ސަބަބެއް އެއްވެސް އިދާރާއަކުން ހާމަކޮށްފަ އެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ބުނާގޮތުން އަވާހާރާވީ ކުއްލިއަކަށް ހާޓު އެޓޭކެއް ޖެހިގެން ކަމަށް ވުން އެކަށީގެންވެ އެވެ. 

މުހައްމަދު އަލް ގަހްތާނީ އަކީ ކާކު؟

އޭނާއަކީ އިކޮނޮމިކްސް ޕްރޮފެސަރެކެވެ. އަދި، ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އެސޯސިއޭޝަން އޮފް ސައުދީ އަރަބިއްޔާ (އޭސީޕީއާރުއޭ) ގެ ނަމުގައި އުފެއްދި ސައުދީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާގެ ބާނީގެ ލަގަބުވެސް އޭނާއަށް ވަނީ ލިބިފަ އެވެ.

your imageމުހައްމަދު އަލް ގަހްތާނީ

ހަމައެފަދައިން އެކްޓިވިސްޓެއްގެ ގޮތުގައި ވެސް އޭނާ ވަނީ ފާހަގަވެފަ އެވެ. އެގޮތުން އަލްގަހުތާނީ އިސްކޮށް ހުންނަވައިގެން 11 އެކްޓިވިސްޓުނާއި، އެކި ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންގެ މައްޗަށް ޝަރީއަތް ނުކޮށް، ޖަލުގައި ބައިތިއްބުމާ ދެކޮޅަށް ދެ ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މީގެ އިތުރުން ޓެރަރިސްޓުން ހިމެނޭ ގޮތަށް "ހުރިހާ އެންމެންނަށް ވެސް އިންސާފުވެރި އަދި އާންމު ޝަރީއަތެއް" ދިނުމުގެ ހައްގަށް އޭނާ އަޑުއުފުލާފަވެ އެވެ.

19%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް