ads
ބެންގަލޫރު އެފްސީއާ މާޒިޔާ ކުރިން ބައްދަލުކުރި މެޗެއްގެ ތެރެއިން
އޭއެފްސީކަޕް: މާޒިޔާއާ ދެކޮޅަށް ކުޅެން ބެންގަލޫރު މާލެ އަތުވެއްޖެ
އޭއެފްސީ ކަޕް ކޮލިފައިންގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅެން، ސަރަހައްދީ ވަރުގަދަ ބާރު، އިންޑިޔާގެ ބެންގަލޫރު އެފްސީ މިއަދު މާލެ އަތުވެއްޖެ އެވެ.

ބެންގަލޫރު އެފްސީ މާލެއަށް މިއައީ އިއްޔެ ކޮޗިންގައި ކެރެލާ ބްލާސްޓާރސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ.

ބެންގަލޫރު އެފްސީއާ މާޒިޔާއާ ވާދަކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު ރަސްމީ ބޯޅަ ދަނޑުގައެވެ. ބުދަ ދުވަހު މާލޭގައި ކުޅޭ ބެންގަލޫރު އެފްސީއަކީ، ރަސްމީ ބޯޅަ ދަނޑަށް އައު ޓީމެއް ނޫނެވެ. މީގެ ކުރިން ހަތަރު ފަހަރު ބެންގަލޫރުންވަނީ އޭއެފްސީ ކަޕުގައި މާލޭގައި ކުޅެފައެވެ. އޭނގެ ތެރެއިން މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗާ ޓީސީއާ ދެކޮޅަށް ކުޅުނު މެޗު ބެންގަލޫރުން ކާމިޔާބުކުރި ނަމަވެސް ނިއުރޭޑިއަންޓުގެ އަތް ދަށުން ބެންގަލޫރަކަށް ސަލާމަތެއް ނުވެވުނެވެ. ނިއުއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުން ބެންގަލޫރުވަނީ ބަލިވެފައެވެ. މިއާއި އެކު ނިއުރޭޑިއަންޓްވަނީ ބެންގަލޫރު ބަލުކުރި ހަމަ އެކަނި ދިވެހި ޓީމަށް ވެފައެވެ. މާޒިޔާއާ ދެކޮޅަށް މީގެ ކުރިން ހަތަރު ފަހަރު އޭއެފްސީ ކަޕުގައި ބެންގަލޫރުން ކުޅެފައިވާއިރު، މި ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވަނީ ބެންގަލޫރުންނެވެ.

މާލޭގައި ބެންގަލޫރާ މާޒިޔާ ކުޅުމަށް ފަހު، ހަފުތާއެއް ފަހުން ބެންގަލޫރުގައި މި ދެޓީމުގެ ދެވަނަ ލެގު މެޗު އޮންނާނެއެވެ. ދެ މެޗަށް ފަހު އެގްރިގޭޓުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ރާއްޖޭގެ ޓީސީއާ، އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސްއާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު ފެށޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް