ads
ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްފި
ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
ހއ. ދިއްދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް "އެސްޖޭ ކޮންސްޓްރަކްޝަން" އާއި ހަވާލުކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން، 120.4 މިލިއަން ރުފިޔާ އަށް މި މަޝްރޫއު މިއަދު އެސްޖޭ ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ހައުސިން ޔުނިޓުތަކުގައި 700 އަކަފޫޓުގެ ރޯ ހައުސް ތަކެއް ކަމަށާއި، ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ ހިމެނޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ސިޓިންރޫމާއިއެކު ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމް ހިމެނޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ވަށައިގެން އަލިކޮށް، ޕާކަކާއި، ވެހިކްލަ ޕާކު ކުރާނެ ސަރަހައްދެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި އެއްބަސްވުމުގައި މި އަދު ސޮއިކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ އަހުމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އެވެ. 

ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަަށް ހައްލު ހޯދައިދީ ދިވެހި ރައްޔިތުންނަަކީ ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭނެ ބަޔަކަށް ހެދުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް