ads
ގޮއިދޫ ސްކޫލު ދަރިވަރުންނާއި މުވައްޒަފުން މިއަދު ސްކޫލަށް ދިޔައީ ބައިސިކަލުގައި އަދި ފައިމަގުގައި------ފޮޓޯ:ގޮއިދޫ ސްކޫލް
މަހަކު އެއްފަހަރު ގޮއިދޫ ކިޔަވާކުދިން ސްކޫލަށް ދާނީ ބައިސިކަލުގައި
ބ. ގޮއިދޫ ސްކޫލު ދަރިވަރުނާއި، ބެލެނިވެރިން އަދި ސްކޫލު މުވައްޒަފުން، މަހަކު އެއްފަހަރު ބައިސިކަލުގައި ނޫނީ ފައިމަގުގައި ސްކޫލަށް ދާ ގޮތަށް އެ ރަށު ސްކޫލުން ހަމަޖައްސައިފި އެވެ.

މި ގޮތަށް އަމަލުކުރަން މިއަދު ފަށާ، ގޮއިދޫ ސްކޫލު ދަރިވަރުންނާއި، މުވައްޒަފުން ސްކޫލަށް މިއަދު ހާޒިރުވެފައިވަނީ ފައިމަގުގަޔާއި، ބައިސިކަލުގަ އެވެ. 

އެ ރަށު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް "ސީއެންއެމް" އަށް ވިދާޅުވީ، "ބައިކް ޓު ސްކޫލް" ނުވަތަ "ވޯކް ޓު ސްކޫލް" ނަމުގައި އެ ހަރަކާތް މިއަދު ފަށަން ނިންމީ ބެލެނިވެރިންގެ ހިޔާލާއި މަޝްވަރާވެސް ހޯދުމަށްފަހު ކަމަށާއި، އެގޮތަށް އަމަލުކުރުމަށް ހުރިހާ ބެލެނިވެރިންވެސް ވަރަށް ބޮޑަށް އެއްބާރުލުން ދިން ކަމަށެވެ. އަދި މިއަދު ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުން އައީ ބައިސިކަލުގައި ނޫނީ ހިނގާފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ޖުމްލަ 120 ދަރިވަރުންނާއި، 48 އަށްވަރަކަށް މުވައްޒަފުންތިބޭ އެ ސްކޫލުގައި، 30 ވަރަކަށް ކުދިން ބައިސިކަލުގައި މިއަދު ސްކޫލަށް އައިއިރު ބާކީ ކުދިން އައީ ހިނގާފަ އެވެ. މުހައްމަދު ނިޒާމު ވިދާޅުވީ، މަހެއްގެ އެއްދުވަހަކީ ހިނގާފައި ނުވަތަ ބައިސިކަލުގައި ސްކޫލަށް އަންނަ ދުވަހަކަށް ހެދުމަށް އެ ސްކޫލުން ނިންމީ، ސްކޫލު ދައުރުން ފެށިގެން ސިއްހީ ރަނގަޅު އާދަތަކަށް ކުދިން އަހުލުވެރި ކުރުވުމަށާއި، އެފަދަ ރަނގަޅު އާދަތައް ކުދިންގެ ގައިގާ އަށަގެންނެވުމަށް ކަމަށެވެ. 

"ސްކޫލުގެ ދަރިވަރުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މިއަދު ފެށި "ބައިކް ޓު ސްކޫލް" ނުވަތަ "ވޯކް ޓު ސްކޫލް" ހަރަކާތް މި ފެށީ ފުރަތަމަ މަހެއްގެ އެއް ދުވަހު މިގޮތަށް ސްކޫލަށް އަންނަ ދުވަހެއްގެ ގޮތުގައި ނަމަވެސް، ކުދިން މިކަމަށް ހޭނި ފަރިތަވުމުން، ހަފްތާއަކު އެއް ފަހަރަށް ބަދަލުކުރަން ނިންމާފައި ވަނީ. އެއީ މިފަދަ އާދަތަކަކީ މަޑުމަޑުން ހަރުލެއްވޭނެ އާދަތަކަކަށްވުމުން. ކޮންމެ ކުއްޖެއްގެ އަތުގައި ބައިސިކަލް ނުހުންނާނެތީވެ އަޅުގަނޑުމެން ކޮންމެހެން މަޖުބޫރެއް ނުކުރަން ހުރިހާ ކުދިން ބައިސިކަލުގައި އަންނާކަށް. އެ ފަދަ ކުދިން އަންނާނީ ހިނގާފައި،" ޕްރިންސިޕަލް ވިދާޅުވި އެވެ.

your imageގޮއިދޫ ސްކޫލު ދަރިވަރުންނާއި މުވައްޒަފުން މިއަދު ސްކޫލަށް ދިޔައީ ބައިސިކަލުގައި އަދި ފައިމަގުގައި------ފޮޓޯ:ގޮއިދޫ ސްކޫލް

މަހަކު އެއް ފަހަރު ހިނގާފައި ނުވަތަ ބައިސިކަލުގައި އުޅޭ ދުވަހަކަށް ހެދުމުގެ އިތުރުން، ކޮންމެ ހަފްތާއަކު އެއް ދުވަހަކީ ކުދިން ސްކޫލަށް މޭވާ ގެންނަ ދުވަހަކަށް ހެދުމަށްވެސް އެ ސްކޫލުން ވަނީ ނިންމާފަ އެވެ. އެކަންވެސް މިއަދު ފަށާފައިވާއިރު، ކޮންމެ ހަފްތާއަކު އެއްދުވަހު، ހުރިހާ ކުދިން ސްކޫލު ގޯތިތެރެއަށް އެއްވެ، ހުރިހާ ދަރިވަރުން އެކީ މޭވާ ކެއުމަށް 10 މިނެޓު ހުސްކުރާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް