ads
ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން
ތާރީޚުުން މިއަދު: ދަނޑުވެރިންގެ ދުވަސް
10 އޮގަސްޓް 1977 ދިވެހިރާއްޖޭގެ މިނިވަން ދުވަހާބެހޭ ގާނޫނު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ 10 އޮގަސްޓް 1977 ގައެވެ.

10 އޮގަސްޓް 1978

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް އިންތިހާބުވީކަން އިއުލާން ކުރެވުނީ 10 އޮގަސްޓް 1978 ގައެވެ.

10 އޮގަސްޓް 2010

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ތަސްދީގު ކުރެވުނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން، ހދ. ވައިކަރަދޫ ވައިޖެހޭގޭ އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ޢައްޔަން ކުރެއްވީ، 10  އޮގަސްޓް 2010 ގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ނަން "ރާއްޖެ ރޭޑިޔޯ" އަށް އަދި ޓީ.ވީ މޯލްޑިވްސްގެ ނަން "އެމް.އެން.ބީ.ސީ ވަން" އަށް ބަދަލުކުރައްވައި، އެ ދެޗެނަލް، އަލުން އިފްތިތާހް ކުރެވުނީ 10 އޮގަސްޓް 2010 ގައެވެ.

10 އޮގަސްޓް 2021 

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައުލީމުގެ ގާނޫނެއް ފާސްކޮށް އެއަށް އަމަލުކުރަން ފެށުނީ 10 އޮގަސްޓް 2021 ގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް