ads
ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ (ފޮޓޯ އެމްއޯސީ)
ސޮލިޑާރިޓީ ގޭމްސް: އަންހެން ޓީޓީ ޓީމު ސެމީއަށް
ތުރުކީގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޔޫގެންޑާގެ ބަލިކޮށް ދިވެހި ގައުމީ އަންހެން ޓީޓީ ޓީމުން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިސްލީމިކް ސޮލިޑާރިޓީ ގޭމްސް ކުރިއަށްދަނީ ތުރުކީގެ ކޮންޏާގައެވެ. މިއަދު ރާއްޖެއާ ޔޫގެންޑާ އާއި ރާއްޖެ ކުޅުނު މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ގޭމުންނެވެ. މެޗުގައި ކުޅުނު ފުރަތަމަ ކުޅުނު ސިންގަލްސް ގޭމް ދީމާ ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު އެވެ. އެ ގޭމްގެ ސެޓްތައް ދީމާ ގެންދިޔައީ 11-2، 11-4، 11-2 ންނެވެ.

ދެވަނަ ގޭމަކީ ޑަބަލްސް ގޭމެވެ. ރާއްޖޭގެ ދީމާ އާއި ރަފާ ވަނީ އެ ގޭމް 11-5، 11-6 އަދި 11-4 ން ކާމިޔާބު ކޮށްފަ އެވެ.

ސެމީ ފައިނަލަށް ދިވެހި ޓީމު ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް