ads
ރައީސް ސާލިހް
ތާރީޚުން މިއަދު: މަޖިލީހުގެ މެޖޯރިޓީ އެބައޮތް
11 އޮގަސްޓް 1981 ބަންޑާރަ ނާއިބުގެ ނާއިބްކަމުގެ މަގާމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހުސައިން އަބްދުއްރަހްމާން ހަމަ ޖެއްސެވީ 1981 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

11 އޮގަސްޓް 2008

ފުލުހުންގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް، ކޯޓު އަމުރަކާއެކު ގެއެއް ޗެކުކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކުރީ 11 އޮގަސްޓް 2008 ގައެވެ. ފުލުހުން އެ ދުވަހު 2 މީހަކު ހައްޔަރު ކުރީ ހ. އަނދުންގޭންނެވެ.

ޝަރީއަތާ ގުޅޭ ގޮތުން ރައީސަށް ލަފާދޭ މަޖިލިސް އުވައިލީ 11 އޮގަސްޓް 2008 ގައެވެ. ރައީސުލްޖުމްހޫރިއްޔާ އެ ގޮތަށް ނިންމެވީ އާ ގާނޫނު އަސާސީއެއް އުފަންވެ، ގާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓެއް އުފެދުމުން ހައިކޯޓުން ނިންމާ މައްސަލަތައް ދެން ދާނީ ސުޕްރީމް ކޯޓަށް ކަމުގައިވާތީއެވެ.

އިގިރޭސި ބަހުން ނެރެފައިވާ ބިލްޑިންގ ކޯޑަށް އަމަލު ކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

ބޭރުގެ މަސް ބޯޓްތަކުން ރާއްޖޭގެ ކަނޑުތަކުގައި ދާ އެޅުން ހުއްޓުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީވެސް 11 އޮގަސްޓް 2008 ގައެވެ.

11 އޮގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށް ރައީސް ސާލިހު ވިދާޅުވީ 11 އޮގަސްޓް 2021 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް