މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޒާމް ނިޔާވި އިންޑިޔާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައި އެވެ.
ހުޒާމް ނިޔާވި އިރު އޭނާ ދިޔައީ ފުއްޕާމޭގެ ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ހުޒާމް ވަނީ ރާއްޖޭގެ ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ގިނަ ލަވަތަކެއް ކިޔާފަ އެވެ. އެހެންނަމަވެސް ހުޒާމް ވަނީ މީގެ އަހަރުތަކެއްކުރިން ލަވަކިޔުމުގެ ދާއިރާ އާއި ދުރަށް ޖެހިފަ އެވެ.