
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިދިއަ މަހުގެ 28 ވަނަ ދުވަހު ނާޒިމް ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުގައި ހުއްޓާ އެވެ.
އޭނާ ހަތް ދުވަހަށް ބަންދުކުރަން އެންމެ ފުރަތަަމަ އަމުރު ނެރުނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ މުއްދަތު ހަމަވުމުން އިތުރު ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކުރިމިނަލް ކޯޓުން ނާޒިމް ބަންދު ކުރުމަށް ކުރި ހަތް ދުވަހުގެ މުއްދަތު ހަމަވެފައި ވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ ނާޒިމް އިތުރަށް ކޯޓަށް ހާޒިރުނުކޮށް ބަންދުން ދޫކޮށްލައިފި އެވެ.
ނާޒިމް ބަންދުން ދޫކޮށްލާފައި ވާއިރު، ފުލުހުން ވަނީ ނާޒިމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.
މީގެ އިތުރުން މި މައްސަލައިގައި ދައުވާ ކުރުމަށް އަލަމްގީރްގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ދައުވާ ކުރުމަށް ވެސް ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.
އަލްމްގީރު ހައްޔަރުކޮށްފައިވަނީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށް ގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.