ads
އޮގަސްޓް ބާރަ ތޭރަ ހަރަކާތްތަކުގެ ތެރެއިން
އޮގަސްޓް ބާރަ ތޭރަ: އިސްލާޙީ މަސައްކަތުގެ ފެށުން
12 އޮގަސްޓު 1947 ދިވެހިރާއްޖޭގައި ނޫޓް ހިންގުމުގެ ގާނޫނު ފާސްވެ، ތަޞްދީޤްކޮށް އިޢުލާންކުރެވުނީ 12 އޮގަސްޓް 1947 ގައެވެ.

12 އޮގަސްޓު 1951 ދާރުލް ޢުލޫމް ހުޅުވުނެވެ. އެއީ މަޖީދިއްޔާ ސުކޫލް ހިންގާ އިމާރާތެވެ.

12 އޮގަސްޓު 1964: ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމާއި ބެހޭގޮތުން އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން ފެށުން

12 އޮގަސްޓް 2004

ގައި އިސްލާހަށް މަސައްކަތްކުރާ މީހުންގެ ނަމުގައި ބަޔަކު ނުކުމެ މާލޭގެ ޖުމްހޫރީ މައިދާނުގައި އިހުތިޖާޖުކުރި އެވެ. މި އިހްތިޖާޖުތައް ދެ ދުވަހަށް ކުރިއަށް ދިޔައެވެ. މިއިހުތިޖާޖުގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރާދެމެދު ވާހަކަތަކެއް ދެކެވުނެވެ. އިދިކޮޅު މީހުން ސަރުކާރަށް ޑިމާންޑްތަކެއްވެސް ހުށަހެޅިއެވެ. ބައެއް ޑިމާންޑްތަކަށް ސަރުކާރުން އިޖާބަވެސް ދިނެވެ. މިއީ މިހާރު މިދެކޭ ޑިމޮކްރެޓިކް މޫވްމަންޓްތަކުގެ މި ފަހުގެ ފެށުމެވެ.

12 އޮގަސްޓް 2008

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝިހާބް އިންތިހާބު ކުރެވުނީ 12 އޮގަސްޓް 2008 ގައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންގ މޭޓަކަށް ޑރ. އައިމިނަތު ޖަމީލުގެ ނަންފުޅު ހުށަހެޅުއްވުމުން، އެކަމާމެދު ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް ދީނީ މަޝްވަރާ މަޖިލީހުން ނަޝީދުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް