
ގަތަރު ވޯލްޑްކަޕް ތާރީޚީ މުބާރާތަކަށް ވެގެންދާނެ
ގަތަރު ވޯލްޑްކަޕް ފެށުން އެއް ދުވަސް އަވަސްކޮށްފި
ސްޕޯޓްސް ޓީމް
12 އޯގަސްޓް 2022 - 13:07:58
ފުރަތަމަ މެޗަކީ ގަތަރު ކުޅޭ މެޗެއްގެ ގޮތުގައި ހަމަ ޖެއްސުމަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށުން އެއް ދުވަސް އަވަސްކޮށްފިއެވެ.
ފީފާއިން މިހާރު ކަނޑައަޅާފައިވާ ގޮތުން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށޭނީ ނޮވެމްބަރު މަހުގެ ވިހިވަނަ ދުވަހު ގަތަރާ އެކުއެޑޯ ކުޅޭ މެޗުންނެވެ. ކުރިން އޮތް ގޮތުންނަމަ އެއީ ދެވަނަ މެޗެވެ. ކުރިން ފުރަތަމަ މެޗު ކުޅެން އޮތީ ނޮވެމްބަރު މަހުގެ އެކާވީސްވަނަ ދުވަހުއެވެ. ކުރިން އޮތް ގޮތުން ފުރަތަމަ މެޗަކީ ސެނެގޯލާ ނެދަލެންޑްސްގެ މެޗެވެ.
މުބާރާތުގެ ފެށުން އެއް ދުވަސް އަވަސް ކުރުމާއި އެކު ދެވަނަ މެޗުގެ ފެށޭ ގަޑިވެސް ފީފާއިންވަނީ ބަދަލުކޮށްފައެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް