ads
ލައިސެންސް ބޭނުންކުރެވޭ ގޮތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތު ތެރެއިން
ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭގޮތް ހަދައިފި
ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި، އަދި މެލޭޝިއާގެ ލައިސެންސް ރާއްޖޭގައި ބޭނުންކުރެވޭ އެއްބަސްވުމެއްގައި ދެގައުމުގެ ދެމެދުގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން، ޑްރައިވިން ލައިސެންސް އޮތްފަރާތްތަކަށް، ރާއްޖޭގައި އަދި މެލޭޝިއާގައި އެއްގަމު އުޅަނދު ދުއްވުމުގެ މަގު ފަހިވެެގެންދާނެ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

ދެގައުމުގައި ލައިސަންސް ބޭނުންކުރެވޭ ގޮތް ހެދުމަށް  މަޝްވަރާ ކުރެވުނީ 2019 އަހަރުތެރޭގަ އެވެ. 

މިއަދު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަވެގެންދާނެ ކަމަށާއި، މިއީ ދެގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް