13 އޮގަސްޓް 1988
ސަރުކާރުގެ އޮފީސްތަކުން، ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ އިތުރުން އެހެން ކަންކަމަށް ހަރަދުތައް ކުރަމުންދާކަން ފާހަގަ ކުރެވި، ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް ސަރުކާރު އޮފީސްތަކަށް ދެންނެވީ 13 އޮގަސްޓް 1988 ގައެވެ.
13 އޮގަސްޓް 2014
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޢަބްދުﷲ ޔާމީން 5 ނަން، 13 އޮގަސްޓް 2014 ގައި ފޮނުއްވިއެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ރަންފަސް ޙަސަން ލުޠުފީއާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ގަޒީރާ މުޢައްވިޒު ރަޝީދާއި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާއާއި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުޙަންމަދާއި، ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ސަދަންވިލާ ޞަފްވަތު މުޙަންމަދެވެ.
13 އޮގަސްޓް 2018
ވައިގެ މަގުން ހދ. މަކުނުދޫއަށް ދަތުރުތައް ފަށާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ 13 އޮގަސްޓް 2018 ގައެވެ. ހދ. އަތޮޅުގައި ކެމްޕެއިން ކުރައްވަމުން އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ މަކުނުދޫއަށް މުހިއްމީ އެއަރޕޯޓެއް އެޅުންތޯ ނުވަތަ ސީޕްލޭން ދަތުރުތައް ފެށުންތޯ ދިރާސާ ކުރައްވާނެ ކަމަށެވެ.