ސުޕަރ ޔުނައިޓެޑް ސެމީއަށް ދިޔައީ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ބޮޑު ތަފާތަކުން ބިސްބުރު ސްޕޯޓްސް ބަލިކޮށްގެނެވެ. ބިސްބުރު ސްޕޯޓްސްގެ މައްޗަށް ސަސް ކުރި ހޯދީ ދިހަ ލަނޑު ސުން ލަނޑުންނެވެ.
މާޒިޔާ ސެމީއަށް ދިޔައީ ހުކުރު ދުވަހުގެ ރޭ ޔޫވީ ބަލިކޮށްގެނެވެ. ޔޫވީއާ މާޒިޔާ ކުޅުނު މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.
ކުއާޓަރ ފައިނަލުގެ ދެ މެޗު މިއަދުވެސް ކުޅެވޭނެއެވެ. މިއަދު ކުޅޭނީ ޓީސީއާ ގްރީން އަދި ވެލެންސިޔާއާ ދަގްރާންޑޭއެވެ.