ads
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާ، ފާއިޒް އަދި ޖޭއެސްސީގެ ރައީސް ހިސާން
ސުޕްރީމް ކޯޓުގެ އެސްޖީ ސަސްޕެންޑްކޮށްފައި ހުންނަތާ 4 މަސް
ސުޕްރީމް ކޯޓުގެ ސެކެއްޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ސަސްޕެންޑްކޮށްފައި ހުންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
Advertisement

ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ އެސްޖީ ޑރ. ފާއިޒް ސަސްޕެންޑް ކުރީ މިދިޔަ މާރިޗު މަހުއެވެ. އޭރު މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ފާއިޒް ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓަކަށް ފަހުއެވެ.

ޑރ. ފާއިޒް ސަސްޕެންޑްކޮށްފައިވަނީ މާރިޗު މަހުގެ އެއްތިރީސްވަނަ ދުވަހުއެވެ. ޑރ. ފާއިޒް ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށެވެ. ސުޕްރީމް ކޯޓުގެ އެސްޖީއަށް މުސާރައާއި އިނާޔަތްތަކާއެކު ތިރީހަކަށް ހާސް ރުފިޔާ ލިބޭނެ ކަމަށް ބެލެވެއެވެ. މާނައަކީ މިދިޔަ ހަތަރު މަހު، ދައުލަތުން ލައްކަކަށްވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި ދީފައިވާނީ ޚިދުމަތް ނުލިބޭ މީހަކަށެވެ. އެސްޖީގެ ސަސްޕެންޝަނާމެދު ގޮތެއް ނިންމުން އަވަސް ކުރަން ޑީޖޭއޭ އަދި ޖޭއެސްސީން އެއްވެސް ކަމެއްތޯ ސުވާލު އުފެދެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހު ޑރ. ފާއިޒްގެ ބަޔާންވަނީ ނަގާފައެވެ. އެހެންނަމަވެސް އަދިވެސް މައްސަލަ ވަކިގޮތަކަށް ނުނިމެއެވެ. އަދި މައްސަލަ ނިމޭނެ ވަކި ދުވަހެއްވެސް ނޭގޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެންމެ މަތީ ކޯޓުގެ އެންމެ އިސް ފަރާތް ސަސްޕެންޑްކޮށް އެތައް ދުވަހެއް ވެފައިވާއިރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް