ޔޮޓުގައި ތިބި މީހުން ސަލާމަތްކުރުމަށް އެއާލިފްޓު ބޭނުންކޮށްފަވޭ
ރާއްޖެއަށް ދަތުރުކުރި ޔޮޓެއްގައި ތިބިމީހުން އިންޑިއާއިން ސަލާމަތްކޮށްދީފި
Share
ދުބާއީއިން، ރާއްޖެއަށް އައުމަށް ދަތުރުކުރަމުންދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގަައިގެން އެހީތެރިކަމަށް އެދުނު ޔޮޓަކަށް އިންޑިއާގެ ކޯސްޓުގާޑް(އައިސީޖީ) އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
Advertisement

އައިސީޖީ އާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޔޮޓުގެ ބެޓެރީ ކޮމްޕާޓްމަންޓުގައި އަލިފާން ރޯވުމުގެ ސަބަބުން މެއިޑޭ (ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ޑިސްޓްރެސް ކޯލެއް) ބޭނުންކޮށްގެން އެ ޔޮޓުން އެހީއަށް އެދިފައިވާ ކަމަށެވެ.

ސްވިޒްލޭންޑުގެ ދިދަ ޖަހާފައިވާ “ޕޫރިމާ”ނަމަކަށް ކިޔާ އެ ޔޮޓު މުމްބާއީގެ އަލިބާ ސަރަހައްދުގައި އޮއްވާ ޔޮޓުގައި ތިބި ފަސް ފަޅުވެރިންނާއިއެކު  ސަލާމަތްކޮށްފައިވަނީ އިއްޔެ އެވެ.

އެ ޔޮޓު މިހާރުވަނީ މުމްބާއީގެ މަންޑަވާ އަށް ގެނެސް ރާއްޖެ އަށް ދަތުރުފެށުމުގެ ކުރިން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރަމުން ނެވެ.

އެމަޖެންސީ ކޯލަށް ރައްދުދީ “އައިސީޖީ ބޯޓު ގަޑިއެއްހާއިރުގެ ތެރޭގައި ޔޮޓް ކައިރިއަށް އައީ ވަރަށް މޫސުން ގޯސްކޮށް އުޅެނިކޮށް” ކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުންޏެވެ. 

މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ޔޮޓު  ދިޔަވެ، އަޑިއަށް ދިއުމުގެ ފުރުސަތުވެސް އޮތްކަމަށް އެގައުމުގެ ކޯސްޓުގާޑުން ބުންޏެވެ. ޔޮޓު ދިޔަވާން ފެށުމުން، މީހުން ސަލާމަތްކުރުމުގެ ކުރިން އަޑިއަށް  ދިއުމުގެ ނުރައްކާ އޮތުމުން އައިސީޖީން ވަނީ ހެލިކޮޕްޓަރުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

ކޯސްޓުގާޑުން ބުނީ، ހުރިހާ ފަޅުވެރިންވެސް ސަލާމަތްކުރެވިފައިވާ ކަމަށާއި، އިތުރު ޗެކަޕްތައް ހެދުމަށް އެންމެންވެސް ހޮސްޕިޓަލަށް ގެންދެވިފަވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް