ads
އެއްޖިންސުން ގުޅުން ހިންގުމުން ޖެހޭ މަންކީ ޕޮކްސްގެ 7 ކޭސް އިންޑިއާއިން ފެނިއްޖެ
ދުނިޔޭގެ އެއްވެސް ގައުމަކަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، މަންކީޕޮކްސް ގެ އިތުރު ކޭސް އެއް އިންޑިއާގެ ވެރިރަށް ދިއްލީން ފެނިއްޖެ އެވެ.
Advertisement

މިއީ އިންޑިއާއިން ފެނުނު ހަތްވަނަ ކޭސްއެވެ. އަދި ދިއްލީން ފެނުނު ފަސްވަނަ ކޭސް އެވެ. 

ދިއްލީގައި މަންކީޕޮކްސްގެ ފަސްވަނަ ކޭސް ފެނިފައިވަނީ އެފްރިކާގެ 22 އަހަރުގެ އަންހެނެއްގެ ފުށުން ކަމަށް އެގަައުމުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ އަންހެން މީހާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ނައިޖީރިއާއަށް ދަތުރުކޮށްފަ އެވެ. 

މީގެ ދެދުވަސްކުރިން ދިއްލީގެ ސަރުކާރު ހޮސްޕިޓަަލެެއް ކަމަށްވާ އެލްއެންޖޭޕީ ހޮސްޕިޓަލުގައި އެޑުމިޓުކުރެވުނު އެ އަންހެންމީހާ މަންކީޕޮކްސް އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކުރެވުނީ އިއްޔެ އެވެ.

ދެ އަންހެނުން ހިމެނޭ ގޮތަށް ފަސް މީހަކު މަންކީޕޮކްސް ޖެހިގެން ދިއްލީގެ އެ ހޮސްޕިޓަލުގައި ވަނީ އެޑްމިޓުކޮށްފަ އެވެ. 

މަންކީ ޕޮކްސްގެ ކޭސްއެއްގައި އިންޑިޔާއިން އެކަކު ވަނީ މަރުވެފަ އެވެ. އެއީ ކެރެލާއިން މި ބަލި ފެނުނު 22 އަހަރުގެ މީހެކެވެ.

މި ބައްޔަކީ، ޖަނަވާރުންގެ ކިބައިން ޖެހޭ ބަޔެއް ކަމަށް ކުރިން ބެލެވިފައި ވީނަމަވެސް، މި ބަލި އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ފުށުން އެހެން މީހުންނަށް ޖެހޭ ކަމަށް، އިނގިރޭސިވިލާތުގެ ޑޮކްޓަރުން ވަނީ ދާދިފަހުން ބުނެފަ އެވެ. 

އަދި މިކަމަކީ ފަރުވާއެއް އަދި މިހާތަނަށް ހޯދިފައި ނުވާ ބައްޔެއް ކަމުން މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި ކަމާއި އެކު ފެތުރިގެން ހިނގައިދާނެތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަނީ މުޅި ދުނިޔެއަށް އޮތް ސިއްހީ ބޮޑު ނުރައްކަލެއްގެ ގޮތުގައި އެބަލި ކަނޑައަޅާފަ އެވެ.

މި ބަލި ޖެހިފައިވާ މީހަކާއި ގާތުން ބައްދަލުވެ އުޅުމުން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. ހަލާކުވެފައިވާ ހަންގަނޑުގެ ތެރެއިންނާއި ލޮލާއި، ނޭފަތް އަދި އަނގައިން މި ވައިރަސް ހަށިގަނޑަށް ވަދެއެވެ. 

ޖިންސީ ގުޅުމުން ގައިންގަޔަށް އެރުމުގެ ފުރުސަތު އޮތް މި ބަލި އެންމެ ގިނައިން ފެންނަ ގައުމުތަކުގެ ތެރޭގައި ޔޫކޭ ހިމެނޭއިރު، އެގައުމުން ގިނައިން ފެނިފައިވަނީ، އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ކިބައިންނެވެ. އެގައުމުން މިހާރު ވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެންނުން އެމީހުންގެ މައުލޫމާތު ހެލްތު އެޖެންސީތަކަށް ދިނުމަށް އަންގާފަ އެވެ.

ޔޫރަޕުގެ ނުވަގައުމަކުން މި ބަލި ފެނިފައިވާއިރު، އިންސާނީ ހައްޤުތަކުގެ ތެރެއިން އެމީހަކު ބޭނުންގޮތަކަށް ޖިންސީ އެދުންވެރިކަން ފުއްދުމުގެ އިހްތިޔާރު ދެވިފައިއޮންނާންވާނެކަމަށް އެންމެބޮޑަށް ވަކާލާތު ކުރަނީ ވެސް ޔޫރަޕުގެ ގައުމުތަކުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް