މިއަދު ހަވީރު ކުޅުނު މެޗުގެ ރަސްމީ ވަގުތު ހަމަވިއިރު ދެ ޓީމުވެސްވަނީ އެއް ލަނޑު ޖަހާފައެވެ. އެކެއް އެކަކުން ދެ ޓީމު އެއްވަރުވުމުން ދެން މެޗުގެ ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އިތުރު ވަގުތު ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޓީސީގެ މައްޗަށް ގްރީނުން ކުރި ހޯދީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.
އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ގްރީން ކުޅެން ޖެހޭނީ މާޒިޔާއާ ދެކޮޅަށެވެ.