ހޮނިހިރު ދުވަހުގެ ރޭ ވެލެންސިޔާއާ ދަ ގްރާންޑޭ ކުޅުނު މެޗުން ވެލެންސިޔާ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. ސެމީގައި ވެލެންސިޔާ ނުކުންނާނީ ފަހު ކުއާޓާގައި އީގަލްސްއާ ސުޕަރ ޔުނައިޓެޑު ކުޅެގެން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.
ވެލެންސިޔާގެ އިތުރުން ސެމީން މިހާރު ޖާގަ ހޯދާފައިވަނީ ގްރީންއާ މާޒިޔާއެވެ. ގްރީން ސެމީއަށް ދިޔައީ ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށްގެނެވެ. މާޒިޔާ ސެމީއަށް ދިޔައީ ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްގެނެވެ.