ads
ޓީއެމްއޭގެ ބޯޓެއް--
ޓީއެމްއޭއިން އުދުހުންތަކުގައި ބޭނުން ކުރުމަށް އިތުރު ސީޕްލޭން އެއް ގެނެސްފި
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭން އެއް ގެނެސްފި އެވެ.

މިކަމާއި ގުޅިގެން ޓީއެމްއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ރާއްޖޭގައި އިތުރު ރިސޯޓުތައް ހުލުވަމުން އަންނަ އިރު، އެ ކުންފުނީގެ އުޅަނދުތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން އިއްޔެ ރާއްޖެއަށް އެކުންފުނިން ގެނެސްފައި ވަނީ، އިއްޔެ ގެނައީ "ޑީއެޗް 6، ޓްވިން އޮޓާސް" ބޯޓެއް ކަމަށާއި، މިއީ ޓީއެމްއޭގެ 59 ވަނަ އުޅަނދު ކަމަށެވެ. 

އަދި މި އަހަރު ނިމުމުގެ ކުރިން އިތުރު ބޯޓެއް ގެނައުމަށް ނިންމާފައި ވާކަމަށާއި، އަހަރު ނިމެންވާއިރަށް އެއް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

ޓީއެމްއޭއިން އެކުންފުނީގެ ދަތުރުތައް އިތުރު ކުރަމުން އަންނަ އިރު، މިހާރުވެސް ރާއްޖޭގެ 14 އަތޮޅެއްގެ 80 ރަށަށް ޓީއެމްއޭއިން އަންނަނީ ދަތުރުތައް ކުރަމުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް