ads
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް
ރައީސް ސޯލިހުގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި: މަހުލޫފް
ފެނިގެން މިދަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންގިލާބީ ތަރައްގީ ދިވެހި ރައްޔިތުން ބަލައިގެންފައިވާ މަންޒަރު ކަމަށް، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ، މ. ދިއްގަރު ކައުންސިލާއި ތ. ގާދިއްފުށީ ކައުންސިލުން ހުސްވި ދެ ގޮނޑީގެ ބައި އިލެކްޝަން އެމްޑީޕީއިން ކާމިޔާބު ކުރުމުން އެކަމާއި ގުޅިގެން މަރުހަބާ ކިޔާ ކުރެއްވި ޓުވީޓެއްގަ އެވެ.

ގާދިއްފުށި ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހުމަދަށް ވަނީ 210 ވޯޓު ލިބިފަ އެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި ހައްވާ އަބްދުލްހާދީ އަށް ލިބިފައިވަނީ 201 ވޯޓެވެ. އަދި އެމްއާރްއެމްގެ ފަރާތުން ވާދަކުރި ފާތިމަތު މަލްދާ އަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.

ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އަށް ވަނީ 375 ވޯޓު ލިބިފަ އެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި އަބްދުލްހަންނާނަށް ލިބިފައިވަނީ 325 ވޯޓެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ބަޔަކު މީހުން ލާދީނީ އަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށް އެމްޑީޕީއިން ހެދުމަށް އަޅުވަމުން ދިޔަ ދޮގު އިލްޒާމުތަކާއި އެކުވެސް އެމްޑީޕީއިން މި ކާމިޔާބީ ހޯދުމުގެ ސިއްރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީ ދިވެހިން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. 

"ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށްހަދާ އަދި ތަފާތު ގިނަ އިލްޒާމުތައް އެބައިމީހުން ގެންދަނީ އަޅުވަމުން. އެއީ ސިޔާސީ ބޭނުމުގަ ދައްކާވާހަކަކަން ރައްޔިތުންނަށް މިއަދު ސާފު. ރައީސް ގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި. މަރުހަބާ އެމްޑީޕީ." މަހުލޫފު ވިދާޅުވި އެވެ.
33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް