ads
ރައީސް ސާލިހު އިންޑިޔާއަށް މި ފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އިންޑިޔާގެ މިނިވަންދުވަހާ ދިމާކޮށް، ހައިކޮމިޝަން ހުޅުމާލެއަށް
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ހުޅުމާލެއަށް މިއަދު ބަދަލުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަން މި ބަދަލުކުރީ، އެ ގައުމުގެ މިނިވަން ދުވަހާ ދިމާކޮށެވެ. އިންޑިޔާގެ މިނިވަން ދުވަހަކީ އޮގަސްޓް މަހުގެ ފަނަރަވަނަ ދުވަހެވެ. މާދަމާއަކީ އިންޑިޔާގެ މިނިވަން ދުވަހެވެ.

އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއަދުން ފެށިގެން އިންޑިޔާ އެމްބަސީގެ ހިދުމަތްތައް ލިބޭނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގެ ގޯޅި ހަތަރެއްގައި ހުންނަ ލޮޓް ނަންބަރު 11499، އިމާރާތުންނެވެ. އެއީ ހުޅުމާލޭ ސްވިމިންގ ޕޫލް ކައިރިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވެސް ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް