ads
ރައީސް ނަޝީދު އަދި ފަސްޓްލޭޑީ ފަޒްނާ
ފަސްޓްލޭޑީގެ އާއިލީ ހިއްސާ އޮންނަ ރިސޯޓް ވިއްކާތީ ނަޝީދުގެ ސިޓީއެއް
ފަސްޓްލޭޑީ ފަޒްނާ އަހްމަދުގެ އާއިލީ މަސްލަހަތު އޮންނަ، މާލެ އަތޮޅު ކުޑަހިތި ރިސޯޓް ވިއްކާލަން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓުވަރިޒަމް މިނިސްޓްރީއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
Advertisement

ރައީސް ނަޝީދުގެ ސިޓީފުޅެއް ޓުވަރިޒަމް މިނިސްޓްރީއަށް ލިބިފައިވާކަން މީޑިއާ ރިޕޯޓްތަކުން ކަށަވަރުވިނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ. އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދުވެސް އަދި ޓުވަރިޒަމް މިނިސްޓްރީންވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.

މާލެއާ މާދުރުނޫން ހިސާބެއްގައި އޮންނަ ކުޑަހިތި ރިސޯޓަކީ މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސްޓްލޭޑީ ފަޒްނާގެ ބައްޕާފުޅު ސިއްކަ އަހްމަދު މަނިކަށް ދޫކޮށްފައިވާ ރަށެކެވެ.

ކުޑަހިތި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް އެންމެ ފުރަތަމަ ހިންގިކަމަށް މައުލޫމާތު ލިބިފައިވަނީ ފަޒްނާގެ ބައްޕާފުޅާ ރައީސް ނަޝީދުގެ ބައްޕާފުޅު ކެނެރީ އަބްދުއްސައްތާރުގެ ހިއްސާ އޮތް ސަފާރީ ޓުއާރޒްއިންނެވެ. އެހެންނަމަވެސް މީގެ ތިރީހަކަށް ކުރިން އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމެއްގައި ކުންފުނި ރޫޅި ކުންފުނީގެ މުދާ ބެހިއިރު ކުޑަހިތި ލިބިވަޑައިގެންފައިވަނީ ފަޒްނާގެ ބައްޕާފުޅަށެވެ.

ޓުވަރިޒަމް މިނިސްޓްރީގެ އުސޫލުތައް އޮންނަ ގޮތުން ރިސޯޓެއް ވިއްކޭނީ ޓޫރިޒަމް މިނިސްޓްރީއަށް އެކަން އަންގައި އެއްވެސް މައްސަލައެއް ނެތް ނަމަ، މިނިސްޓްރީގެ ހުއްދަ އެކަމުގައި ލިބިގެންނެވެ. އެކަން ބެލުމަށް މިނިސްޓްރީން އިއުލާން ކުރެއެވެ. ކުޑަހިތި ކަންތަކުގައި މިނިސްޓްރީން އިއުލާން ކުރީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

ރިސޯޓެއްގެ މައްސަލައިގައި ރައީސް ނަޝީދުގެ ސިޓީފުޅެއް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވާއިރު، ރައީސް ނަޝީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދުވަނީ ނުތަނަވަސް ކަމެއް އުފެދިފައެވެ. ސިޔާސީ ގޮތުން ބައެއް ކަންކަމުގައި ދެ ބޭފުޅުން ދެބަސްވެފައިވާއިރު، މި މައްސަލަތައް އާއިލީ މައްސަލަތަކާ ހަމައަށް ގޮސްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް