ads
ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް ވަސީމް: ފޮޓޯ---ފޭސްބުކް
ފުވައްމުލަކު ކައުންސިލްގެ ކުރީގެ ރައީސް ވަސީމް އަވަހާރަވެއްޖެ
ފުވައްމުލަކު ސިޓީގެ ކުރީގެ ކައުންސިލްގެ ރައީސް އަލީ ވަސީމް ހުސެއިން މިއަދު އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ އުމުރުން 42 އަހަރުގެ ވަސީމް އަވަހާރަވީ މިއަދު މެންދުރު ގޭގައި ކާން އިންވަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަސީމް އަވަހާރަވެފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އެރަށުން "ސީއެންއެމް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ ވަސީމް ވަނީ މީގެ އަހަރުތަކެއް ކުރިން ހިތުގެ މައްސަލަ އަކާއި ގުޅިގެން އެންޖިއޯޕްލާސްޓީ ހަދައިފައި ކަމަށެވެ. 

މީގެ އިތުރުން އެރަށުން ވާހަކަ ދެއްކި މީހާ ބުނީ، އޭނާ އަކީ ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުންނާއި އެކުވެސް ގާތް ގުޅުމެއް ބޭއްވި އެންމެނާވެސް ގުޅޭ މީހެއް ކަމަށެވެ. އަދި އަބަދުވެސް ހެޔޮ ކަންކަމަށް އެކުވެރިންނަށާއި، ރައްޔިތުންނަށް ނަސޭހަތް ދެމުން ދިޔަ މީހެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 

ވަސީމް ވަނީ، ޖެހިޖެހިގެން ފުނާޑު ކައުންސިލް އިންތިހާބުގެ ދެ ދައުރު ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން ވަސީމް އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފުނާޑު ކައުންސިލްއަށް އައްޔަން ކުރެއްވި މެމްބަރުވެސްމެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް