ads
އިންޑިޔާގެ ކެޕްޓަން ސުނިލް
ފީފާއިން އިންޑިއާ ސަސްޕެންޑްކޮށްފި
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާއިން- އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފިއެވެ.
Advertisement

ފީފާއިން އިންޑިޔާ ސަސްޕެންޑް ކުރީ، ފުޓްބޯޅަ ހިންގުމަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ވަނުމުގެ ސަބަބުންނެވެ. ފީފާގެ ހަރުކަށި އަދަބާ އިންޑީޔާއިން ކުރިމަތިލާން މި ޖެހުނީ، އެ ގައުމުގެ ސުޕްރީމް ކޯޓުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ބެލުމުގެ ދަށުން ކަންކަން ކުރަމުން އަންނަނިކޮށެވެ.

ފީފާގެ ސަސްޕެންޝަންގެ ސަބަބުން ބައިނަލް އަގްވާމީ އެއްވެސް މުބާރާތެއްގައި އިންޑިޔާއަކަށް އަދި އިންޑިޔާގެ ކްލަބަކަށްވެސް ނުކުޅެވެނޭއެވެ. އަދި އަންނަ އޮކްޓޫބަރު މަހު އިންޑިޔާގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ސަތާރަ އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕް މުބާރާތްވެސް އިންޑިޔާގައި ނުބޭއްވޭނެއެވެ. މިކަންކަމާމެދު ފީފާއިން މިހާރު އަންނަނީ ގޮތްތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންނެވެ.

އަވަށްޓެރި އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަން ފީފާއިން ސަސްޕެންޑް ކުރިއިރު، ބައިނަލް އަގްވާމީ މުބާރާތްތަކާއި ކްލަބު ލެވެލްގެ މުބާރާތްތައް ކުރިމަތީގައި އިންޑީޔާއަށާއި އަދި އިންޑިޔާގެ ކްލަބުތަކަށް އެބައޮތެވެ. މި ސަސްޕެންޝަންގެ ސަބަބުން އިންޑީޔާގެ ފުޓްބޯޅައިގެ އެކިއެކި ފަރާތްތަކަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވެގެންދާނެއެވެ.

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް