ads
ކަސްޓަމްސް ބިލްޑިންގ
ކުޑަ ފިރިހެން ކުއްޖަކާ ބެހިގެން ކަނޑާލި ކަސްޓަމްސް މުވައްޒަފު އިސްތިއުނާފަށް
އުމުރުން އަށާރަ އަހަރު ނުވާ ފިރިހެން ކުއްޖަކާއެކު އެއް ޖިންސުން ގުޅުން ހިންގައިގެން ވަޒީފާއިން ވަކިކުރި ކަސްޓަމްސް އޮފިސަރަކު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
Advertisement

ކަސްޓަމް އޮފިސަރެއްގެ މަގާމުގައި ދެހާސް ފަސްވަނަ އަހަރުން ފެށިގެން ވަޒީފާ އަދާކުރަމުން އައި މި ކަސްޓަމް އޮފިސަރު މަގާމުން ވަކިކޮށްފައިވަނީ ދެހާސް ވިހި ވަނަ އަހަރުގެ ތެރޭގައި އޭނާގެ މައްޗަށް ކުރެވުނު އެއް ޖިއްސުން ގުޅުން ހިންގި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު އެވެ. މި މައްސަލައިގައި ކަސްޓަމް އޮފިސަރު މަގާމުން ވަކިކޮށްފައިވާއިރު، ކަސްޓަމް އޮފިސަރާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކުރެވި އެ މައްސަލަވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. 

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމުން އެނގޭ ގޮތުގައި ކަސްޓަމް އޮފިސަރުވަނީ ދެހާސް ނަވާރަވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭ ސަހަރާގެ ގަސްގަނޑު ތެރޭގައި އުމުރުން އަށާރަ އަހަރު ނުވާ ފިރިހެން ކުއްޖަކާމެދު އެއް ޖިއްސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކީ ދިވެހި ގައުމުގެ އަބުރާ އިއްޒަތައި ގަދަރާއި ޝަރަފު ދެމެހެއްޓުމާ ޚިލާފު އަމަލެއް ކަމަށް ތުހުމަތު ކުރެވޭ

އެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރުމުން އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން މި އަހަރުގެ ޖޫން މަހު ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިނުވާތީ އޭނާއަށް ސާޅީސް ހަތް ހާސް ހަތް ސަތޭކަ ފަސްދޮޅަށް ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ކަސްޓަމްގެ މައްޗަށް އަމުރުކޮށްފައިވެއެވެ. ކަސްޓަމް އޮފިސަރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މި މައްސަލައެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އަދި އެ ކޯޓުން ވަކިގޮތެއް ނުނިންމައެވެ.

އެއް ޖިއްސުން ގުޅުން ހިންގި މައްސަލައެއްގައި ކަސްޓަމް އޮފިސަރަކު މަގާމުން ވަކިކުރުމުން އެ މައްސަލަ ހިފައިގެން އޭނާ ހައިކޯޓަށް ދިޔައިރު، އެއް ޖިއްސުން ގުޅުން ހިންގުމުގެ މައްސަލަ މި ފަހުންވަނީ އާއްމު ވެފައެވެ. މިކަމާ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް