މިކަން އެ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު “ސީއެންއެމް”އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އަނިޔާވި މުވައްޒަފަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ކަމަށާއި، މުވައްޒަފު ހޮސްޕިޓަލަށް ގެންދެވި ފަރުވާދެވެމުންދާ ކަމަށެވެ.
ނަމަވެސް މުވައްޒަފަށް ލިބިފައިވާ ސީދާ އަނިޔާގެ ތަފްސީލު އަދި މުޅިން ކަށަވަރުނުވާތީ، އެ ތަފްސީލް އެމްއޭސީއެލްއިންވެސް ނުބުނެ އެވެ.
ހާދިސާ ހިނގި ސަރަހައްދު——
ކޮންޓެއިނަރެއް ވެއްޓި އެމްއޭސީއެލްގެ މުވައްޒަފަކު ޒަހަމުވެފައިވާއިރު، ފުލުހުން ބުނީ، އެފަދަ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.