ads
އަށާރަ މިލިއަން ރުފިޔާގެ މައްސަލައިގައި ކުށް ސާބިތުވި ޝާހިދު
އޮޅުވާލައިގެން އަށާރަ މިލިއަން ރުފިޔާ ނެގި މީހާ އެދެނީ ލުއި އަދަބެއް ދިނުމަށް
ޝީޝާ ތިން ބެއިންގެ އެކައުންޓް އޮޅުވާލައިގެން އަށާރަ މިލިއަން ރުފިޔާ ވަގަށް ނެގި މީހާއަށް ވީހާވެސް ލުއި އަދަބެއް ދިނުމަށް އޭނާގެ ފަރާތުން ކޯޓުގައި އެދިއްޖެއެވެ.

ގެ ބާރަވަރަކަށް އަހަރު ކުރިން ހިނގި މި ބޮޑު ވައްކަމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވެ މިނިވަންވެފައި ހުރި ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށް އެ ކުށް ސާބިތުވީ ހައިކޯޓުންނެވެ. ޝާހިދުގެ މައްޗަށް އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ޝާހިދުގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ ވަކީލު ވިދާޅުވީ އޭނާއަށް ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ.

ޝާހިދުގެ ބަލި ހާލަތަށް ރިޔާޔަތްކޮށް ވީހާވެސް ލުއި އަދަބެއް ދިނުން އެދެނީ. ޖަލު އަދަބަކަށްވުރެ ޖޫރިމަނާއެއް ނުވަތަ ގޭ ބަންދު ކަހަލަ އަދަބެއް އެދެނީ.

މި މައްސަލައައިގައި ޝާހިދު ކުށް ކުރިއިރު އަމަލު ކުރަމުންދިޔަ ގާނޫނުލް އުގޫބާތުގެ ދަށުން ފަނަރަ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންނަމަވެސް ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން އެ ހުކުމް ބަދަލު ވެގެންދާނީ ފަންސަވީސް އަހަރުގެ ހުކުމަކަށެވެ. އެހެންނަމަވެސް މިހާރުގެ ގާނޫނުލް އުގޫބާތުގެ ދަށުން މި ބޮޑު ވައްކަމަށް މާ ބޮޑު އަދަބެއް ނާންނާނެއެވެ. މިއަދު ހައިކޯޓުގައި ހިނގި ޝަރީއަތުގެ އަޑު އެހުމުން އެނގޭ ގޮތުގައި ޝާހިދުގެ މައްޗަށް އަންނާނީ ފަސް ވަރަކަށް އަހަރުގެ ހުކުމެކެވެ.

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް